އިންޑިއާގައި މަގުމަތީގައި ކުޑަ އަންހެން ކުއްޖަކަށް ވަޅިން ހަމަލާދީ މަރާލިއިރު މީހުން ތިބީ ބަލައިގެން

Mon, 29 May 2023 11:16 PM

View on this article on Gaafu

އިންޑިއާގައި މަގުމަތީގައި ކުޑަ އަންހެން ކުއްޖަކަށް ވަޅިން ހަމަލާދީ މަރާލިއިރު މީހުން ތިބީ ބަލައިގެން

އިންޑިއާގެ މަގެއްގެ މަތީގައި މީހަކު ކުޑަ އަންހެން ކުއްޖަކަށް ވަޅިން ހަމަލާދީ މަރާލި އިރު މަގުމަތީގައި އުޅުނު މީހުން ބަލަން ތިބި މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެއެވެ.

އުމުރުން 16 އަހަރުގެ އެ އަންހެން ކުއްޖާއަށް ހަމަލާދީ މަރާލި މީހާ ވަނީ އެކުއްޖާގެ ހަށިގަނޑުގެ 21 ތަނަކަށް ވަޅި ހަރާފައެވެ. އަދި ވަޅިން ހަމަލާދިނުމަށްފަހު އޭނާ ވަނީ އަންހެން ކުއްޖާއަށް ހިލަގަނޑަކުންވެސް ތަޅައި އަނިޔާކޮށްފައި ކަމަށް މީސްމީޑީއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯއިން ފެނެއެވެ.

އަދި އެމަންޒަރު ބަލަން މަގުމަތީގައި ގިނަ ބަޔަކު ތިބި ނަމަވެސް އޭގެން އެއްވެސް މީހަކު އެހަމަލާތައް ހުއްޓުވަން މަސައްކަތް ކޮށްފައި ނުވެއެވެ. އަދި ގިނަ ބަޔަކު އެމަންޒަރު ނުފެންނަ ކަމަށް ހަދައި މަގުން ހުރަސްކުރާތަން ފެނެއެވެ.

މި ހަމަލާ ދީފައިވަނީ، އިންޑިއާގެ ދިއްލީގެ ރޯހިނީގެ ޝާހްބާދު ޑެއިރީ ސަރަހައްދުގެ މަގެއްގެ މަތީގައެވެ. ސާހިލް ނަމަކަށް ިޔާ އެ ފިރިހެން މީހާ މިހާރު ހައްޔަރުކޮށްފައިވާ އިރު، އޭނާ ހައްޔަރުކޮށްފައިވަނީ އުއްތަރަ ޕްރަދޭޝްގެ ބުލަންދުސްހަރުންނެވެ. އޭނާ އަކީ ފްރިޖް-އޭސީ މަރާމާތް ކުރުމުގައި މަސައްކަތް ކުރާ މީހެއް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، މިދިޔަ އާދީއްތަ ދުވަހު ސާހިލް އެ އަންހެން ކުއްޖާއަށް ހަމަލާދީފައިވަނީ އޭނާގެ އެކުވެރިއެއްގެ ދަރިފުޅުގެ އުފަންދުވަހުގެ ޕާޓީއަކަށް ދިޔަ މަގުމަތީގައެވެ.



More from Gaafu