ތިނަދޫ ބަނދަރުގައި މަސްކިރާ ބޯޓެއް އޮންނަން ޖެހޭ – ތިނަދޫ ރައީސް

Fri, 26 May 2023 09:22 PM

View on this article on Gaafu

ތިނަދޫ ބަނދަރުގައި މަސްކިރާ ބޯޓެއް އޮންނަން ޖެހޭ – ތިނަދޫ ރައީސް

ތިނަދޫ ބަނދަރުގައި މަސްކިރާ ބޯޓެއް އޮންނަން ޖެހޭ ކަމަށް ތިނަދޫ ކައުންސިލް ރައީސް ސައުދު އަލީ ވިދާޅުވެއްޖެ އެވެ.

ކައުންސިލްގެ ރައީސް މިހެން ވިދާޅުވީ، މަސްވެރިން ނުކުމެ ތިނަދޫ އައިސްޕްލާންޓުގައި ތަޅު އެޅުވުމަށްފަހު ކައުންސިލްގެ ރައީސް އެސަރަހައްދަށް ގެންގޮސް މަސްވެރިންގެ ކަންބޮޑުވުންތައް އެމަނިކުފާނާ ހިއްސާކުރެއްވުމާއި ގުޅިގެންނެވެ.

އެގޮތުން ސައުދު ވިދާޅުވީ، އެމަނިކުފާނު ހުންނެވީ މަސްވެރިންނާ އެކު މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ކަމަށާއި، އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް އެކަންތައްތަކަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި ތިނަދޫ ބަނދަރުގައި މަސްކިރާ ބޯޓެއްވެސް އޮންނަން ޖެހޭނެ ކަމަށް ސައުދު ވިދާޅުވިއެވެ.

އަދި އެސަރައްދުގައި ހުންނަވައި ސައުދު ގެންދަވަނީ މިފްކޯގެ ވެރިންނާ ގުޅުއްވައި މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދެވުމަށް މަސައްކަތް ކުރައްވަމުންނެވެ.

މަސްވެރިން އިހުތިޖާޖު ކުރަމުންދާ ސަރަހައްދަށް ކައުންސިލްގެ ރައީސް ސައުދު ގެންދިއުމަށްފަހު މަސްވެރިން ވަނީ އެބޭފުޅުންގެ ކަންބޮޑުވުންތަކަށް ހައްްލެއް ލިބެންދެން ކައުންސިލްގެ ރައީސް ހުންނަވަންޖެހޭނީ އެތަނުގައި ކަމަށް ބުނެފައެވެ.

The post ތިނަދޫ ބަނދަރުގައި މަސްކިރާ ބޯޓެއް އޮންނަން ޖެހޭ - ތިނަދޫ ރައީސް first appeared on Gaafu Online.



More from Gaafu