މަސްވެރިން ނުކުމެ ތިނަދޫ އައިސްޕްލާންޓްގައި ތަޅުއަޅުވައިފި

Fri, 26 May 2023 09:02 PM

View on this article on Gaafu

މަސްވެރިން ނުކުމެ ތިނަދޫ އައިސްޕްލާންޓްގައި ތަޅުއަޅުވައިފި

މަސްވެރިން ނުކުމެ ގދ ތިނަދޫ އައިސްޕްލާންޓްގެ ގޭޓުގައި ތަޅު އަޅުވައިފިއެވެ.

ތިނަދޫ އައިސްޕްލާންޓްގައި މަސްވެރިން ނުކުމެ ތަޅު އަޅުވާފައިވަނީ މަސް ކިރުވޭނެ ގޮތެއް ތިނަދޫއިން ނެތުން ކަމަށާއި، މަސް ކިރުވަން ނަންބަރު ނަގަން ކޫއްޑޫއަށް ދާންޖެހޭ މައްސަލައިގައެވެ.

މަސްވެރިން ވަނީ އައިސްޕްލާންޓްގައި ތަޅު އެޅުވުމަށްފަހު ތަޅުދަނޑި މޫދަށް އެއްލާލާފައެވެ. އަދި މަސްވެރިންގެ ޑިމާންޑަކީ މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ ތިނަދޫއަށް އައިސް މަސްވެރިންނާ ބައްދަލުކުރެއްވުމަށްފަހު މަސްވެރިންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމެވެ.

އަދި މަސް ކިރުވަން ތިނަދޫ އައިސްޕްލާންޓުން ނަންބަރު ލިބޭނެ ގޮތް ހެދުމަށާއި، މަސްކިރުވޭނެ ގޮތެއް ހަމަނުޖެހޭ ހިނދަކު ތިނަދޫ އައިސްޕްލާންޓް ނުހުޅުވޭނެ ކަމަށް މަސްވެއިން ދަނީ ބުނަމުންނެވެ.

ތިނަދޫ ސަރަހައްދުން މަސްވެރިކަން ކުރާ މަސްވެރިން ކޫއްޑޫއަށް ގޮސް މަސް ކިރުމަށް ބޭނުންވާ ނަންބަރު ނަގައިގެން ކުރަންޖެހޭ ދިގު ދަތުރުގެ ސަބަބުން މަސްވެރިންގެ އަތުން ތެލުގެ ހަރަދު އިތުރުވެގެން ދިއުމާއި މަސްކިރުވުމަށް އިތުރު ވަގުތު ހޭދަވާ މައްސަލައަކީ މަސްވެރިންގެ އަބަދުވެސް އޮތް ކަންބޮޑުވުމެކެވެ.



More from Gaafu