ތިނަދޫގައި މަސްކިރޭނެ ގޮތެއް ނެތުމުން މަސްވެރިން މުޒާހަރާކުރަނީ

Fri, 26 May 2023 07:47 PM

View on this article on Gaafu

ތިނަދޫގައި މަސްކިރޭނެ ގޮތެއް ނެތުމުން މަސްވެރިން މުޒާހަރާކުރަނީ

ގދ. ތިނަދޫ ސަރަހައްދުން މަސްވެރިންނަަށް މަސްކިރޭނެ ގޮތެއް ނެތުމުން މަސްވެރިން މުޒާހަރާކުރަން ފަށައިފި އެވެ.

ތިނަދޫ މަސްވެރިން މުޒާހަރާ ކުރަމުން އަންނަނީ ތިނަދޫ އައިސް ޕްލާންޓް ސަރަހައްދުގައެވެ. ތިނަދޫ "ދޮންކަލޯ" މަސްދޯނިން މައުލޫމާތުދިން ގޮތުގައި މަސްވެރިން މުޒާހަރާ ކުރަމުން އަންނަނީ ތިނަދޫ ބަނދަރުން މަސްވެރިންނަށް މަސްކިރޭނެ ގޮތެއް ނެތުމުން ކަމަށެވެ.

މިއަދު ހުކުރު ނަމާދަށްފަހު ތިނަދޫ މަސްވެރިން ވަނީ ތިނަދޫ އައިސްޕްލާންޓުގައި ތަޅުއަޅުވާފައެވެ. ތިނަދޫ މަސްވެރިން ގޮވާލަމުން އަންނަނީ، ތިނަދޫގައި ބަނދަރުން މީގެ ކުރިންވެސް މަސްކިރަމުން އަންނަ ގޮތަށް މަސްކިރޭނެ އިންތިޒާމްތައް ހަމަޖެއްސުމަށެވެ.

މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ފަރެސްމާތޮޑާ ކައިރީގައި ވަނީ މަސްކިރާ ބޯޓެއް ކޮމިޝަން ކޮށްފައެވެ. މި ބޯޓަކީ ދެ ފަރާތުން މަސް ކިރޭ ގޮތަށް ދެ ކްރޭން ހަރުކޮށްފައިވާ، ދުވާލަކު 120 މެޓްރިކު ޓަަނުގެ މަސް ގަނެ ފިނިކުރެވޭނެ، އަދި 420 މެޓްރިކް ޓަނުގެ މަސް ރައްކާ ކުރެވޭ ބޯޓެކެވެ. މި ބޯޓަކީ ދެކުނުގައި މަސްކިރުމަށް ހާއްސަކޮށްގެން ބޭނުންކުރާނެ ބޯޓެއް ކަމަށް މިފްކޯއިން ބުނެއެވެ.

ފަރެސްމާތޮޑާ ސަރަހައްދުން މަސްކިރޭނެ އިންތިޒާމްތައް ހަމަޖެއްސިއަސް ތިނަދޫ މަސްވެރިންގެ ޝަކުވާއަކަށް ވެފައިވަނީ، އައިސް އަޅައިގެން ތިނަދޫ ބަނދަރުގައި ގިނަ ވަގުތު މަސްނުކިރި މަޑުކުރަން ޖެހުމާއި، އައިސް އަޅައިގެން އަނެއްކާވެސް ދަތުރުކުރަން ޖެހުމެވެ.

 

 

 

The post ތިނަދޫގައި މަސްކިރޭނެ ގޮތެއް ނެތުމުން މަސްވެރިން މުޒާހަރާކުރަނީ first appeared on Gaafu Online.



More from Gaafu