ވޯލްޑްކަޕަށް ފަހު ކުޅުނު ފުރަތަަމަ މެޗުގައި ޕެރޫ އަތުން ޖަރުމަން މޮޅުވެއްޖެ!

Sun, 26 Mar 2023 07:13 AM

View on this article on Gaafu

ވޯލްޑްކަޕަށް ފަހު ކުޅުނު ފުރަތަަމަ މެޗުގައި ޕެރޫ އަތުން ޖަރުމަން މޮޅުވެއްޖެ!

ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ޕެރޫ އާއި ވާދަކޮށް 2-0 ގެ ނަތީޖާއަކުން ޖަރުމަނުވިލާތް މޮޅުވެއްޖެއެވެ.

2022 ވަނަ އަހަރުގެ ފަހުކޮޅު ގަތަރުގައި ބޭއްވުނު ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުން ކެޓި ޖަރުމަނުން މިރޭ ގެ މެޗަށް ނުކުތީ ބޮޑެތި ބަދަލުތަކަކާއި އެކުގައެވެ.

މިރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ޖަރުމަނުން ދެ ލަނޑުގެ ލީޑެއް ނެގިއިރު އެޓީމުގެ ދެ ލަނޑު ވެސް ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވަޑް ނިކްލަސް ފުލްކްރޫގް އެވެ. މިއީ އުމުރުން 30 އަހަރުގެ ފޯވާޑް ގައުމީ ޓީމަށް ކުޅުން 7 މެޗުގައި އޭނާ ކާމިޔާބުކޮށްދިން 8 ވަނަ ލަނޑެވެ.

މެޗުގެ ފުރަތަަމަ ލަނޑު ފުރަތަަމަ ހާފުގެ 12 ވަނަ މިނެޓުގައި ނިކްލަސް ފުލްކްރޫގް ކާމިޔާބުކުރީ ޗެލްސީގެ މިޑްފީލްޑަރު ކައި ހާވަޓްޒް ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. އަދި އެޓީމުގެ ފޯވާޑް މަރިއަސް ވުލްފް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެޓީމުގެ ދެވަަނަ ލަނޑު އޭނާ ކާމިޔާބުކުރީ ފުރަތަަމަ ހާފުގެ 33 ވަނަ މިނެޓުގައެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ޖަރުމަނު ކުރީގައި އޮވެގެންނެވެ.

މިމެޗުގެ ފުރަތަަމަ ހާފުގައި ޖަރުމަނުން މޮޅަށް ކުޅެ ޕެރޫގެ ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައިވާ އިރު މި ހާފުގައި ޕެރޫއަށް އެންމެ ފުރުސަތެއްވެސް ތަނަވަސް ކުރެވިފައެއް ނުވެއެވެ.

ދެވަނަ ހާފުގައި ވެސް ލަނޑެއް ކާމިޔާބުކުރަން އެންމެ ހުސް ފުރުސަތެއް ލިބުނީ ޖަރުމަނަށެވެ. މިގޮތުން ދެވަަނަ ހާފުގެ 68 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކައި ހާވަޓްޒް ފޮނުވާލި ބޯޅަ އަމާޒުވީ ޕެރޫގެ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ޖަރުމަނު މޮޅުވެގެންނެވެ.

މީގެ ކުރިން މިދެޓީމު ދެފަހަރެއްގެމަތިން ވާދަކޮށްފައިވާ އިރު އެ ދެމެޗު ވެސް ކާމިޔާބުކޮށްފައިވަނީ ޖަރުމަނުން މެވެ.  ފުރަތަަމަ މެޗު 1970 ވަނަ އަހަރު ކުޅެވުނުއިރު އެމެޗު ޖަރުމަނުން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. އަދި މިދެޓީމު 2018 ވަނަ އަހަރު ވާދަކުރި މެޗު އެޓީމުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

 

The post ވޯލްޑްކަޕަށް ފަހު ކުޅުނު ފުރަތަަމަ މެޗުގައި ޕެރޫ އަތުން ޖަރުމަން މޮޅުވެއްޖެ! first appeared on Gaafu Online.



More from Gaafu