ސީރިޔާގެ އިރުމަތީ ސަރަހައްދަށް އެމެރިކާ ސިފައިން ދިން ވައިގެ ހަމަލާތަކުގައި 19 މީހުން މަރުވެއްޖެ!

Sat, 25 Mar 2023 08:56 PM

View on this article on Gaafu

ސީރިޔާގެ އިރުމަތީ ސަރަހައްދަށް އެމެރިކާ ސިފައިން ދިން ވައިގެ ހަމަލާތަކުގައި 19 މީހުން މަރުވެއްޖެ!

އިރުމަތީ ސޫރިޔާގައި ހުރި އީރާނަށް ތާއީދު ކުރާ ހަނގުރާމަވެރި ބާރުތަކުގެ މަރްކަޒުތަކަށް އެމެރިކާއިން ދެމުންގެންދާ ވައިގެ ޙަމަލާތައް މިއަދު ވެސް ކުރިއަށް ގެންގޮސްފިއެވެ.

މިއީ ސޫރިޔާގައި އޮންނަ އެމެރިކާގެ ވައިގެ ބޭސްތަކަށް ހުކުރުދުވަހު ރޮކެޓާއި ޑްރޯނުން ބޭނުންކޮށްގެން ދީފައިވާ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އެމެރިކާ އިން ދިން ޙަމަލާއެކެވެ.

އިންސާނީ ޙައްޤުތަކާބެހޭ ސޫރިޔާގެ ޖަމްޢިއްޔާއެއް ކަމުގައި "އަލްމަރްޞަދު" ބުނިގޮތުގައި އެމެރިކާއިން މިއަދު ދީފައިވާ ޙަމަލާތަކުގެ ސަބަބުން 19 މީހަކު ވަނީ މަރުވެފައިވެއެވެ. އޭގެ ތެރޭގައި ސޫރިޔާ ސަރުކާރު ސިފައިން ބަޔަކުވެސް ހިމެނެއެވެ.

އެމެރިކާގެ އަސްކަރިއްޔާގެ މަސްއޫލުވެރިއަކު އަލް ޖަޒީރާއަށް މައުލޫމާތު ދެމުން ބުނެފައިވާގޮތުގައި ސޫރިޔާގެ އިރުމަތީގައި ތިބި އެމެރިކާ ސިފައިންނަށް އަމާޒުކޮށް ހުކުރުވިލޭރޭ ދެ ފަހަރެއްގެ މަތިން ޙަމަލާދީފައި ވެއެވެ. މި ދެ ޙަމަލާދީފައިވަނީ ރޮކެޓާއި ޑްރޯން ބޭނުންކޮށްގެންނެވެ.

އިރުމަތީ ސޫރިޔާގެ "އަލް ޤަރްޔަތުލް ޚަޟްރާއު" އަށް ރޭ ދަންވަރު ތިން ޑްރޯން ބޭނުންކޮށްގެން ހަމަލާ ދިނުމަށް މަސައްކަތް ކޮށްފައިވާއިރު، އެމެރިކާގެ ސިފައިން ވަނީ އޭގެތެރެއިން ދެ ޑްރޯން ވައްޓާލާފައެވެ. ތިންވަނަ ޑްރޯން ވެއްޓުނީ އެ ސަރަހައްދުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކުން ހުރި ސަރަހައްދަށެވެ. މި ކަމުގެ ސަބަބުން ޢިމަރާތަކަށް ގެއްލުން ލިބި އެތައް ބަޔަކު ވަނީ ޒަޚަމުވިއެވެ.

މި ޙަމަލާއާ ވިދިގެން އެމެރިކާގެ މަތިންދާބޯޓުތަކުން ދައިރުއް ޒައުރިއާއި ބޫކަމާލާއި މަޔާދީނުގައި ހުރި އިރާނަށް ތާއީދު ކުރާ ހަތިޔާރު އެޅި ބާރުތަކުގެ މަރްކަޒުތަކަށް ވައިގެ ޙަމަލާތަކެއް ދިނެވެ.

އެމެރިކާއިން ބުނާގޮތުގައި އީރާނަށް ތާއީދު ކުރާ ހަތިޔާރު އެޅި ބާރުތަކުން ދިން ޙަމަލާތަކުގައި ޒަޚަމުވި މީހުންގެ ތެރެއިން ހަތް މީހަކު ވަނީ ބޭސް ފަރުވާއަށް ޓަކައި ޢިރާޤަށް ފޮނުވިފައެވެ. އަދި ފަރުވާ ދިނުމަށްފަހު އޭގެތެރެއިން ދެ މީހަކު އެނބުރި ސޫރިޔާއަށް އައިސްފައިވާ އިރު އަނެއް ފަސް މީހުން އިތުރު ފަރުވާދިނުމަށް އެމެރިކާއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމެރިކާގެ މަސްއޫލުވެރިޔާ ވަނީ ވިދާޅުވިއެވެ.

 

The post ސީރިޔާގެ އިރުމަތީ ސަރަހައްދަށް އެމެރިކާ ސިފައިން ދިން ވައިގެ ހަމަލާތަކުގައި 19 މީހުން މަރުވެއްޖެ! first appeared on Gaafu Online.



More from Gaafu