މެދުއިރުމަތީގެ ރޯދަމަހަށް ހާއްސަ "ކަދުރު ސެލެޑް"

Sat, 25 Mar 2023 03:28 PM

View on this article on Gaafu

މެދުއިރުމަތީގެ ރޯދަމަހަށް ހާއްސަ "ކަދުރު ސެލެޑް"

ރަމަޟާން މަހަކީ މުސްލިމުންގެ މެދުގައި ކާބޯތަކެއްޗަށް ވަރަށް ޚާއްސަ މަހެކެވެ. ކާބޯތަކެތީގެ. ވާހަކަ ދައްކާއިރު އެންމެ ފުރަތަމަ ވިސްނެނީ ކަދުރުގެ ބާވަތްތަކަށެވެ. ރަމަޟާން މަހުގައި މޭޒުތައް އެންމެ ފުރިހަމަކޮށްލާ އެއް ބާވަތަކީވެސް އެއީއެވެ.

އަދި ރަމަޟާން މަހުގައި އަބަދުވެސް ތަފާތު ކާނާއެއް ތައްޔާރުކޮށްލުމަކީ ގިނަ ބަޔަކު ލޯބިކުރާ ކަމެކެވެ. އެގޮތުން އެކި ކަހަލަ ހެދިކާގެ ބާވަތްތަކާއި، ސޫޕް އަދި ސެލެޑްގެ ބާވަތްތަކަކީ އާންމުކޮށް ރޯދަ ވީއްލާ ގަޑިއަށް ހާއްސަކޮށްގެން ގިނަ ބަޔަކު ތައްޔާރުކުރާ ކާނާތަކެކެވެ.

ރަމަޟާންމަހުގެ ސުފުރާމަތި އިތުރަށް ފުރިހަމަކޮށްލުމުގެ ގޮތުން މި ލިޔުމުގައި މިބަލާލަނީ ކަދުރު ބޭނުންކޮށްގެން މެދުއިރުމަތީގެ ގައުމުތަކުގެ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ސެލެޑަކަށެވެ.

ބޭނުންވާ ތަކެތި:

  • 1 ޖޯޑު ބޭބީ ސްޕިނެޗް
  • 1 ޖޯޑު ރޮކެޓް
  • ސްޕްރިންގ އޮނިއަން
  • 1 އާފަލު، (މެދު މިންވަރަކަށް ކޮށާލާފައި)
  • 1/2 ޖޯޑު ބޭބީ ޓޮމާޓޯ (ދެފަޅިކޮށްފައި)
  • 10 ކަދުރު (ކުދިކޮށް ކޮށާލާފައި)
  • ޗީޒް (ފެޓާ) ގާނިޝްކުރުމަށް

ކެރެމެލައިޒްޑް ވޯލްނަޓް

  • 1 ޖޯޑު ސިކުނޑި ބަދަން
  • 1/2 މޭޒުމަތީ ސަމްސާ ބަޓަރު
  • 2-3 މޭޒުމަތީ ސަމްސާ ކަދުރު ސިރަޕް

ޑްރެސިންގ

  • 1/4 ޖޯޑު ލުނބޯ ޖޫސް
  • 1/2 ޖޯޑު ޒައިތޫނި ތެޔޮ
  • 3-4 މޭޒުމަތީ ސަމުސާ ކަދުރު ސިރަޕް
  • ލޮނު، މިރުސް

ތައްޔާރު ކުރާނެ ގޮތް:

ކެރެމެލައިޒްޑް ވޯލްނަޓް އިން ފަށާށެވެ. ފިނިކުރި ތަވައެއްގައި ބަޓަރު ގިރާލުމަށްފަހު ކުޑަ ހިނދުކޮޅަކަށް ސިކުނޑި ބަދަން އެޅުމަށްފަހު ކައްކާލާށެވެ. އަދި ކަދުރު ސިރަޕް އެޅުމަށްފަހު އަވަހަށް ގިރާލާށެވެ. ސިކުނޑި ބަދަނުގައި އެއްހަމައެއްގައި ސިރަޕް ހޭކިފައި ހުރިތޯ ޔަޤީންކުރާށެވެ. 30 ސިކުންތު-1 މިނެޓު ވަންދެން ކައްކާލުމަށްފަހު ފިނިކުރުމަށް ބަހައްޓާށެވެ.

އޭގެ ފަހުގައި ސެލެޑް ހެދުމަށް، ހުރިހާ އެއްޗެއް ސެލެޑް ތަށްޓަކަށް އަޅައި ރަގަޅަށް މިކްސް ކޮށްލާށެވެ. އެއަށްފަހު ކެރެމަލައިޒްޑް ވޯލްނަޓްއާއި ޑްރެސިންގ  އަށް ބޭނުންވާ ތަކެތި ސެލެޑްގެ މައްޗަށް އަޅާށެވެ.

ނޯޓު: މި ސެލެޑަކީ މެދުއިރުމަތީގެ އެކި ސަރަހައްދުތަކުގައި އެކި މީހުން އެކި ގޮތްގޮތަށް ތައްޔާރުކުރާ ސެލެޑެކެވެ. 

 

The post މެދުއިރުމަތީގެ ރޯދަމަހަށް ހާއްސަ "ކަދުރު ސެލެޑް" first appeared on Gaafu Online.



More from Gaafu