ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

Sat, 25 Mar 2023 01:30 PM

View on this article on Gaafu

ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ މޮޓޯކޭޑަށް އިދިކޮޅު ކޯލިޝަނުގެ މުޒާހަރާގެ ބައިވެރިން ހުރަސް އެޅި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

ރައީސް ޞާލިހުގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައި ހުކުރު ދުވަހު ހަވީރު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފައިވަނީ އިދިކޮޅުގެ އެކްޓިވިސްޓެއް ކަމަށްވާ މުހައްމަދު އައްބާސް އެވެ.

ރައީސްގެ މޮޓޯކޭޑު ހުއްޓުވައި، ހުރަސް އަޅާފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ، ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާ ނިންމަވާލެއްވުމަށްފަހު އެމަނިކުފާނު ވަޑައިގަންނަވަަނިކޮށެވެ. އެގޮތުން، ބޮޑުތަކުރުފާނު މަގުން އެމަނިކުފާނުގެ މޮޓޯކޭޑު ދަތުރުކުރަނިކޮށް އެ ސަރަހައްދުގައި އޭރު މުޒާހަރާކުރަން ތިބި އިދިކޮޅު ކޯލިޝަންގެ މީހުން އެމަނިކުފާނުގެ ކާރުކޮޅު ހުއްޓުވައި ހުރަސްއެޅިއެވެ.

އެ މައްސަލައިގައި ފުލުހުން ހަމަ އެ ރޭ ހަތަރު މީހަކު ހައްޔަރުކުރިއެވެ. އެ ހަތަރު މީހުންގެ ތެރެއިން ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް ޖަހައިދީފައިވާއިރު ބާކީ ދެ މީހުންނަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ޖަހައިދީފައެވެ. ހޯމަ ދުވަހުގެ ރޭ ހައްޔަރު ކޮށްފައިވަނީ އަންހެނަކާއި ތިން ފިރިހެނުންނެވެ.

The post ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި first appeared on Gaafu Online.



More from Gaafu