ބަނގުރާ ކެއްކުމަށް ބޭނުންކުރާކަމަށް ބެލެވޭތަކެތި އައްޑޫސިޓީ ހިތަދޫއިން ހޯދައިފި

Sun, 19 Mar 2023 02:10 PM

View on this article on Gaafu

ބަނގުރާ ކެއްކުމަށް ބޭނުންކުރާކަމަށް ބެލެވޭތަކެތި އައްޑޫސިޓީ ހިތަދޫއިން ހޯދައިފި

އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން އެ ރަށުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި، ބަނގުރާ ކެއްކުމަށް ބޭނުންކުރާކަމަށް ބެލެވޭ ތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މި މަހު 18 ވަނަ ދުވަހު ހިތަދޫގައި ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނުގައި، އެ ރަށު ވަލުތެރެއިންނެވެ.

މި އޮޕަރޭޝަނަކީ ރަމަޟާންމަހާ ދިމާކޮށް ހިތަދޫގައި ކުށްމަދުކުރުމަށް ކުރިއަށްދާ އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަނުގައި ރަށުގެ އެކި ސަރަހައްދުތައް ބަލައިފާސްކުރުމާއި ރަށުތެރެ ޕެޓްރޯލުކުރުން ވަނީ އިތުރުކޮށްފައެވެ.

The post ބަނގުރާ ކެއްކުމަށް ބޭނުންކުރާކަމަށް ބެލެވޭތަކެތި އައްޑޫސިޓީ ހިތަދޫއިން ހޯދައިފި first appeared on Gaafu Online.More from Gaafu