ޓްރަމްޕަށް ބަޑިން ހަމާލާދީފި

Sun, 14 Jul 2024 10:56 AM

View on this article on Furathama

ޓްރަމްޕަށް ބަޑިން ހަމާލާދީފި

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ބަޑިން ހަމަލާދީފިއެވެ.



ޕެންސިލްވޭނިއާގެ ބަޓްލަރ ސިޓީގައި ބޭއްވުނު ސިޔާސީ އަޑުއެހުމެއްގައި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދެވުނު ހަމަލާގައި ޓްރަމްޕްގެ ކަންފަތުގައި ވަޒަން ޖެހިފައިވާ ކަމަށް އޭނާ ބުނެއެވެ. މި ހާދިސާ ހިނގީ ރޭ ބޭއްވުނު ކެމްޕެއިން ރެލީއެއްގެ ތެރެއިންނެވެ.

ވީޑިއޯއިން ފެންނަ ގޮތުން ޓްރަމްޕްގެ ސަޕޯޓަރުންނާ މުހާތަބުކުރައްވަނިކޮށް ދެ ފަހަރަކު ބަޑިޖަހާ އަޑު އިވެއެވެ. އެއާއިއެކު ޓްރަމްޕް ޕޯޑިއަމް ކައިރިއަށް ވެއްޓިވަޑައިގެންތަން ފެނެއެވެ. ޓްރަމްޕް ވެއްޓުމާއެކު ސީކްރެޓް ސާވިސްގެ ބޮޑީގާޑުން ޓްރަމްޕް ވަށާލައި ކޮޅަށް ތެދުކޮށް އެ ސަރަހައްދުން ނެރެގެން ވަނީ ގެންގޮސްފައެވެ.

ހަމަލާގައި ޓްރަމްޕްގެ ކަނާތު ކަންފަތް ވަނީ ޒަޚަމްވެފައެވެ.

މި ރެލީގައި ޓްރަމްޕަށް ހަމަލާ ދީފައިވަނީ ރެލީ ކުރިޔަށްދިޔަ ސަރަހައްދާ ދިމާލުގައި ހުރި ފުރާޅެއްގެ މަތީ ހުރެގެން ކަމަށް އޮފިޝަލުން ބުނެއެވެ. އެމެރިކާގެ ސީކްރެޓް ސާވިސްއިން ވަނީ އެމީހާ މަރާލާފައެވެ.

ރެލީގައި ބައިވެރިވި ޓްރަމްޕްގރ ސަޕޯޓަރަކު މި ހާދިސާގައި މަރުވެފައިވާއިރު އެ ސަރަހައްދުގައި ތިބި އިތުރު ދެމީހަކަށް އަނިޔާވެފައިވާކަމަށް އެމެރިކާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.

The post ޓްރަމްޕަށް ބަޑިން ހަމާލާދީފި appeared first on Furathama.



More from Furathama