ގަލޮޅު ކަންމަތީ އޮތް ވޭނެއްގައި އެއްޗެއް ގޮވައިފި

Tue, 09 Jul 2024 02:46 PM

View on this article on Furathama

ގަލޮޅު ކަންމަތީ އޮތް ވޭނެއްގައި އެއްޗެއް ގޮވައިފި

ގަލޮޅު ކަންމަތީ އޮތް ވޭނެއްގައި އެއްޗެއް ގޮވައިގެން ސިފައިންނާއި، ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.



ސިފައިންގެ ބޮން ސްކޮޑް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދާއިރު ސިފައިން ދަނީ ހަތިޔާރާއެކު ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑީއެފް އިން ބުނީ މި ހާދިސާގައި މީހަކަށް އެއްވެސް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓެއް ނުލިބޭކަމަށެވެ. އަދި ވޭނަށް ވެސް ގެއްލުމެއް ލިބިފައިވާކަމުގެ ރިޕޯޓެއް ނުލިބޭކަމަށެވެ. މިފަދަ ކަންކަމުގައި އަމަލުކުރަމުންދާ ޕްރޮސީޖާތަކާ އެއްގޮތަށް އަމަލުކުރަމުންދާކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުންނާއި، ސިފައިން ދަނީ ބަލަމުންނެވެ.

The post ގަލޮޅު ކަންމަތީ އޮތް ވޭނެއްގައި އެއްޗެއް ގޮވައިފި appeared first on Furathama.



More from Furathama