ޝިޔާމޫ ކުރިން ބުނި އެތި ކެންސަލްތަ؟

Wed, 07 Jun 2023 01:26 PM

View on this article on Furathama

ޝިޔާމޫ ކުރިން ބުނި އެތި ކެންސަލްތަ؟

ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމްއަކީ މަޖިލީހުގައި ވަރަށް ޖޯޝާއެކީ ވާހަކަ ދައްކަވާ މެމްބަރެކެވެ. ނަމަވެސް މިފަހަރު ފާހަގަކޮށްލަން މިއުޅެނީ އެބޭފުޅާގެ އެހެން ހުނަރެކެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެއްދުމަށް އެމްޑިޕީގެ ޕާލަމެންޓްރީ ގްރޫޕުން އިއްޔެ ފާސްކޮށް، ސޮއި ހަމަކޮށްފައިވާއިރު، ޝިޔާމް އިއްޔެ ވަނީ އެކަމާ ދެކޮޅަށް ޓްވީޓެއް ކުރައްވާފައެވެ.

“ރައްޔިތުން މަޖިލީހުގެ ރައީސްކަމުން ރައީސް މުޙައްމަދު ނަޝީދު ވަކިކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް. މަޖިލީހަކީ ސަރުކާރުން ބޭނުންހާ ކަމެއްކުރަން އޮންނަ ތަނެއް ނޫން. މަޖިލީހުގެ މައިގަނޑު މަސްއޫލިއްޔަތަކީ ސަރުކާރު ޖަވާބުދާރީ ކުރުވުން” ޝިޔާމް ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ނަޝީދު މަޤާމުން ދުރުކުރުމާ ދެކޮޅަށް ޝިޔާމް ޓްވީޓެއް ކުރެއްވިއިރު އެކަމާ ގުޅޭގޮތުން ޝިޔާމް ކުރިން ވަނީ ރަޢުޔުއެއް ނެރުއްވާފައެވެ. އެކަން ހަނދުމަފުޅު ނެތީ ކަންނޭނގެއެވެ. ނޫނީ ހަމަ ދެބޯގެރީކަންނޭނގެއެވެ.

“އަޅުގަނޑުމެން ބޭނުން އެންމެ ފުރަތަމަ ރައީސް ނަޝީދު ދުރުކުރަން. އަޅުގަނޑުމެންނަށް ރައީސް ނަޝީދުގެ އިތުބާރު މާކުރިން ގެއްލިއްޖެ” އެ ރަޢުޔުގައި ޝިޔާމް ވިދާޅުވެފައިވެއެވެ.



More from Furathama