ގެއްލުނު ދެބެން ފެނުނީ ލަކުޑި ފޮށްޓެއްގެ ތެރޭގައި މަރުވެފައި އޮއްވައި

Wed, 07 Jun 2023 01:02 PM

View on this article on Furathama

ގެއްލުނު ދެބެން ފެނުނީ ލަކުޑި ފޮށްޓެއްގެ ތެރޭގައި މަރުވެފައި އޮއްވައި

ދިއްލީ ގެއެއްގައި ހުރި ލަކުޑި ފޮށްޓެއްގެ ތެރެއިން މަރުވެފައި އޮތް ދެކުދިން ފެނިއްޖެއެވެ.

އިރު ދެކުނު ދިއްލީގެ ގެއަކުން ލަކުޑި ފޮށްޓެއްގެ ތެރެއިން ދެ ކުއްޖަކު މަރުވެފައި އޮއްވައި ފެނިފައިވަނީ އެ ކުދިން ގެއްލުނުތާ ގަޑިއެއްހާއިރު ފަހުން ކަމަށް ފުލުހުން ވަނީ އަންގާރަ ދުވަހު ބުނެފައެވެ.

ދިއްލީގެ ޖާމިއާ ނަގަރުގައި ހުންނަ ގެއެއްގައި ލަކުޑި ފޮށްޓެއްގެ ތެރެއިން ފެނިފައިވަނީ ނީރާޖް (8އ) އާއި، އާރުތީ (6އ) ނަމަކަށް ކިޔާ ދެ ކުދިންގެ ހަށިގަނޑެވެ.

ޖާމިއާ ނަގަރު ޕޮލިސް ސްޓޭޝަނަށް ގުޅާފައި ބުނެފައިވަނީ ވަނީ ޖޯގާ ބައި އެކްސްޓެންޝަން ގެ ނަންބަރު އެފް2 އިން ކުޑަކުދިންގެ ދެ ހަށިގަނޑެއް ފެނިފައިވާ ކަމަށެވެ. ކުރިން މި ކުދިން ދިރިއުޅެމުން އައީ އެ ޕްރޮޕަޓީގައި ގާޑެއްގެ ގޮތުގައި މަސައްކަތް ކުރާ ބައްޕަ ބަލްބީރާ އެކުކަމަށް ފުލުހުން ބުންޏެވެ.

ލޯކަލް އިންކުއަރީއަކުން އެނގިފައިވާ ގޮތުގައި މަރުވި ކުދިން އަންގާރަ ދުވަހު މެންދުރު ފަހު 3 ޖަހާއިރު މައިންބަފައިންނާއެކު މެންދުރުގެ ކެއުން ކެއުމަށްފަހު ގެއްލިފައިވަނީ މެންދުރުފަހު 3:30 ހާއިރުއެވެ.

ހަށިގަނޑުގައި އެއްވެސް އަނިޔާއެއް ނެތްކަން ކްރައިމް ބްރާންޗް ޓީމުން ކަށަވަރުކޮށްދީފައިވާ ކަމަށް ދިއްލީ ޕޮލިހުން ބުންޏެވެ. އެ ދެބެން މަރުވީ ކުޅެން އުޅުމުގެތެރޭގައި ލަކުޑި އެފޮށިތެރެއަށް އެރިގެން އުޅުމުގެތެރޭގައި ފޮށީގެ މަތިޖެހިގެން ނޭވާ ހާސްވެގެންކަމަށް ބެލެވޭކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ސީދާ އެއްޗެއް ބުނަން އެނގޭނީ ޕޯސްޓްމޯޓަމް ރިޕޯޓް ލިބުމުންކަމަށް ބުންޏެވެ.

The post ގެއްލުނު ދެބެން ފެނުނީ ލަކުޑި ފޮށްޓެއްގެ ތެރޭގައި މަރުވެފައި އޮއްވައި appeared first on Furathama.



More from Furathama