އުރުދުޣާންގެ ޕޯސްޓަރެއްގައި މަތިމަސް ކުރެހި ކުއްޖަކު ހައްޔަރުކޮށްފި

Wed, 07 Jun 2023 10:06 AM

View on this article on Furathama

އުރުދުޣާންގެ ޕޯސްޓަރެއްގައި މަތިމަސް ކުރެހި ކުއްޖަކު ހައްޔަރުކޮށްފި

ތުރުކީގެ ރައީސް އުރުދުޣާންގެ ޕޯސްޓަރެއްގައި މަތިމަސް ކުރެހި ޒުވާން ކުއްޖަކު ހައްޔަރުކޮށްފިއެވެ.

ތުރުކީގެ ކަމާބެހޭ ފަރާތްތަކުން އަންގާރަ ދުވަހު 16 އަހަރުގެ ޒުވާނަކު އަތުލައިގަނެ ޖަލަށް ލާފައި ވަނީ އިންތިޚާބުގެ ކެމްޕެން ޕޯސްޓަރެއްގައި ރައީސް ރަޖަބް ތައިބް އުރުދުޣާންގެ މޫނުމަތީ މަތިމަސް ކުރެހި މައްސަލައެއްގައިކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ދުވަހު ނޫސްތައް ކަމަށްވާ ބިރްގަން، ކުމްހުރިޔެޓް އަދި އަމިއްލަ ޓީވީ ސްޓޭޝަން ހަލްކް ޓީވީ ހިމެނޭ ގޮތަށް އިދިކޮޅު ފަރާތްތަކާ ގާތް ބައެއް މީޑިއާތަކުން ބުނީ އިރުދެކުނު ރަށެއް ކަމަށްވާ މާސިންގެ ޒުވާނާގެ މައްޗަށް ތުހުމަތު ކުރެވެނީ އޭނާގެ ގެ ކައިރީގަައި ހުރި ތަނެއްގައި ހުރި ޕޯސްޓަރެއްގައި ގަލަމަކުން ހިޓްލަރުގެ މަތިމަހާ ވައްތަރު މަތިމަހެއް ކުރަހައި، ފުރައްސާރަކޮށް ލިޔެފައިވާ” މައްދަލައެއްގައެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ސީސީޓީވީ ކެމެރާތަކުން ދެނެގަތުމަށްފަހު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ކަމާބެހޭ ފަރާތްތަކުން އޭނާއާ އިންޓަވިއު ކުރީ އޭނާގެ ގެއިން ކަމަށާއި އެއާއެކު ލިޔެފައިވާ ކޮމެންޓްތައް ލިޔުނު ކަމަށް އިންކާރު ކުރި އިރު، މަތިމަސް ކުރެހި ކަމަށް އެއްބަސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޕަބްލިކް ޕްރޮސެކިއުޓަރުގެ ކުރިމައްޗަށް އޭނާ ގެންދިޔައީ ރައީސަށް ފުރައްސާރަކުރި ކަމުގެ ތުހުމަތުގައެވެ. އޭނާ މިހާރުވަނީ ޒުވާނުންގެ ފެސިލިޓީއެއް ކައިރީގައި ހުރި ޖަލަކަށްލާފައި ކަމަށް ހަލްކް ޓީވީއިން ބުނެއެވެ.

ތުރީގެ ރައީސްކަން ކުރައްވާތާ 20 އަހަރުވެފައިވާ އުރުދުޣާން އިތުރު ފަސް އަހަރުގެ އާ ދައުރަކަށް އިންތިޚާބުވެ ވަޑައިގެންނެވީ މެއި މަހުގެ 28 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރައްވައިގެންނެވެ.

ތުރުކީގެ ޖަސްޓިސް މިނިސްޓްރީއިން ބުނި ގޮތުގައި ރައީސަށް ފުރައްސާރަ ކުރުމަކީ ތުރުކީގައި އެންމެ އާންމު އެއް ޖަރީމާ ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން މިދިޔަ އަހަރު 16،753 މީހުންގެ މައްޗަށް ޙުކުމް އިއްވާފައިވާ ކަމަށެވެ.



More from Furathama