ކުރުނބާތަކެއް މައްޗަށް ނަރުދަމާ ފެންޖެހި މީހަކު ހައްޔަރުކޮށްފި

Tue, 06 Jun 2023 03:57 PM

View on this article on Furathama

ކުރުނބާތަކެއް މައްޗަށް ނަރުދަމާ ފެންޖެހި މީހަކު ހައްޔަރުކޮށްފި

އިންޑިއާގެ ނޮއިޑާގައި ކުރުނބާ ވިޔަފާރިކުރާ މީހަކު ކުރުނބާތަކުގެ މައްޗަށް ނަރުދަމާ ފެން ޖަހައިގެން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި އުމުރުން 28 އަހަރުގެ ސަމީރު ނަމަކަށް ކިޔާ އެ މީހާ އަންގަރާ ދުވަހު ހައްޔަރުކޮށްފައިވަނީ ނަރުދަމާއަކުން ފެންނަގައިގެން ކުރުނބާތަކަކަށް ފެންޖަހަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވެފައި ވަނިކޮށެވެ. އެ މީހާއަކީ އުއްތަރަ ޕްރަދޭޝްގެ ބަރެއިލީ ޑިސްޓްރިކްޓަށް ނިސްބަތްވާ މީހެކެވެ.

ޕީޓީއައިއަށް މަޢުލޫމާތު ދެއްވަމުން ލޯކަލް ބިސްރަކް ޕޮލިސް ސްޓޭޝަންގެ އިންޗާޖް އަނިލް ކުމާރު ރާޖްޕޫތު ވިދާޅުވީ ހުކުރު ދުވަހު ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑަށް ވައިރަލްވެފައެވެ.

އިންޑިއާގެ ޤާނޫނުލް އުގޫބާތުގެ 270 ވަނަ މާއްދާގެ ދަށުން (ފުރާނައަށް ނުރައްކާތެރި ބައްޔެއްގެ ފެތުރުން) އެ މީހާގެ މައްޗަށް ވަނީ ދަޢުވާ އުފުލާފައެވެ.

The post ކުރުނބާތަކެއް މައްޗަށް ނަރުދަމާ ފެންޖެހި މީހަކު ހައްޔަރުކޮށްފި appeared first on Furathama.



More from Furathama