މަޖިލީހުގެ އިމްތިޔާޒުތަކަށް އޭޖީ އަރާވަޑައިގެންނެވި ކަމަށް ބުނެ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

Tue, 06 Jun 2023 12:12 PM

View on this article on Furathama

މަޖިލީހުގެ އިމްތިޔާޒުތަކަށް އޭޖީ އަރާވަޑައިގެންނެވި ކަމަށް ބުނެ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކަށް ބަންޑާރަ ނައިބު އިބްރާޙީމް ރިފްއަތު އަރާވަޑައިގެންނެވި ކަމަށް ބުނެ އިދިކޮޅުން ހުށަހެޅި މައްސަލަ ތަޅުމުން ބޭރުކޮށްލައިފިއެވެ.

ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސެއިން މުޙައްމަދު ލަތީފް ހުށަހެޅުއްވި މި މައްސަލަ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލާފައިވަނީ 48 މެންބަރުންގެ ވޯޓުންނެވެ. މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް ވޯޓް ދެއްވީ 20 މެންބަރުންނެވެ.

މި މައްސަލަ ހުށަހަޅުއްވަމުން މެމްބަރު ޙުސެއިން ވިދާޅުވީ ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ބަންޑާރަ ނައިބު ރިފްއަތު ލިޔުމުން ހުށަހެޅުއްވި ޖަވާބުގައި މަޖިލީހުގެ އިމްތިޔާޒުތަކަށް ގޮންޖައްސަވާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ކަމަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ޤާނޫނުގައި ބަޔާންކުރާ ކަމަށެވެ. އެހެންނަމަވެސް އިތުބާރު ނެތްކަމުގެ މައްސަލައިގައި ބަންޑާރަ ނައިބު ރިފްއަތު ލިޔުމުން ދެއްވި ޖަވާބުގައި މަޖިލީހަށް ހުށަހަޅަންޖެހޭނީ ރާއްޖޭގެ ބޭސްލައިންތަކުން ފެށިގެން 12 ނޯޓިކަލް މޭލާ ހަމައަށް އޮންނަ ސަރަހައްދަށް ބަދަލެއް ގެންނަނަމަ ކަމަށް ފާހަގަކޮށްފައިވާ ކަމަށް ޙުސެއިން ވިދާޅުވެފައިވެއެވެ.

އޭނާ އިތުރަށް ވިދާޅުވީ ކަނޑުގެ ސަރަހައްދަށް ބަދަލު ގެނައުމުގައި މަޖިލީހުން ފާސްކުރަން ޖެހޭނެ ކަމެއް ނެތް ކަމަށް ދައުލަތުގެ ބަންޑާރަނައިބު ދެކިވަޑައިގަތުމަކީ މުޅި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށާއި ބާރުތަކަށް އަރައިގަތުން ނޫން ކަމަށް ދެކޭނެ އެއްވެސް ޤާނޫނީ ހަމައެއް ނެތް ކަމަށެވެ.

The post މަޖިލީހުގެ އިމްތިޔާޒުތަކަށް އޭޖީ އަރާވަޑައިގެންނެވި ކަމަށް ބުނެ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި appeared first on Furathama.



More from Furathama