އައްޑޫއަށް ލިބެމުންދާ ކުރިއެރުމުގެ ފަހަތުގައި އޮތީ މި ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރު: ރައީސް

Mon, 05 Jun 2023 12:56 AM

View on this article on Furathama

އައްޑޫއަށް ލިބެމުންދާ ކުރިއެރުމުގެ ފަހަތުގައި އޮތީ މި ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރު: ރައީސް

އައްޑޫ ސިޓީއަށް ލިބެމުންދާ ކުރިއެރުމުގެ ފަހަތުގައި އޮތީ މި ސަރުކާރަށް އެ ސިޓީގެ ރައްޔިތުން ކުރާ އިތުބާރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މި ސަރުކާރުން އައްޑޫއަށް ގެންނަ ތަރައްގީ ފާހަގަކުރުމުގެ ގޮތުން އެ ސިޓީގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އައްޑޫގެ ތަރައްގީއަށް މިހާރު ކުރިއަށްދާ މަސައްކަތްތަކަކީ އެ ސިޓީގެ ރައްޔިތުން ހުށަހަޅާފައިވާ ކަންތައްތަކެއް ކަމަށެވެ.

ރާއްޖޭގެ ރަށްރަށުގެ އަސާސީ ހިދުމަތްތައް ގާއިމުކުރުމަށް މީގެ ކުރިން އެއްވެސް އިރަކު ނުހިންގާހާ ބޮޑެތި ގިނަ މަޝްރޫއުތަކެއް މި ދައުރުގެ ތެރޭގައި ހިންގާފައިވާ ކަމަށާއި އެގޮތުން އެ ހުރިހާ މަސައްކަތެއް ނިމޭއިރު އަސާސީ ހިދުމަތްތައް ގާއިމުކުރުމުގެ ގޮތުން ކުރަންޖެހޭނެ މަދުކަމެއް ފިޔަވައި ކުރަން ޖެހޭނެ މަސައްކަތެއް ދެން ނުހުންނާނެ ކަމަށެވެ. އަދި އައްޑޫއަށް ލިބެމުންދާ ކުރިއެރުމާއި ތަރައްގީއަކީ ރައްޔިތުން މި ސަރުކާރަށް ކުރި އިތުބާރުގެ ސަބަބުން ލިބެމުންދާ ކުރިއެރުމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނުގެ ސަރުކާރުގެ މި ދައުރުގައި އެންމެ އިސްކަމެއްދިނީ ގައުމުގައި ހަމަޖެހެން ގާއިމުކުރުމަށްކަން ފާހަގަކުރައްވައި، ކުރިއަށްއޮތް ތަނުގައިވެސް އެންމެ އިސްކަމެއް ދެއްވާނީ އެކަމަށް ކަމަށް ވިދާޅުވިއެވެ. އަދި އިޖުތިމާއީ މައްސަލަތައް ހައްލުކުރުމަށާއި ދެ ޖިންސުގެ ހަމަހަމަކަން ގާއިމުކުރުމަށް މިހާރަށްވުރެ ބޮޑަށް ކުރިއަށްއޮތް ތަނުގައި އިސްކަން ދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އައްޑޫ ސިޓީއަށް ރައީސް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. ރައީސް އައްޑޫއަށް ވަޑައިގެންފައިވަނީ ހޮނިހިރު ދުވަހުއެވެ.

The post އައްޑޫއަށް ލިބެމުންދާ ކުރިއެރުމުގެ ފަހަތުގައި އޮތީ މި ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރު: ރައީސް appeared first on Furathama.



More from Furathama