މާރާމާރީ ހިންގަން އުޅުނު ބަޔަކު ހުއްޓުވައި އެކަކު ހައްޔަރުކޮށް, ފިލި މީހުން ހޯދަނީ

Sat, 03 Jun 2023 10:19 PM

View on this article on Furathama

މާރާމާރީ ހިންގަން އުޅުނު ބަޔަކު ހުއްޓުވައި އެކަކު ހައްޔަރުކޮށް, ފިލި މީހުން ހޯދަނީ

މާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު ބަޔަކު ހުއްޓުވައި، އެކަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާާ އޮފިޝަލް މިއަދު ވިދާޅުވީ, ރޭ 11:25 ހާއިރު މަޖީދީ މަގު ޑައިންމޯ ކައިރީގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު ބަޔަކު ފުލުހުން ހުއްޓުވާފައިވާ ކަމަށާއި އެ މައްސަލައިގައި 25 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މާރާމާރީ ހިންގަން އުޅުނު ބައެއް މީހުން ފިލާފައިވާ ކަމަށާއި އެތަނުން ދެ މީހަކު ފިލާފައިވަނީ ދުއްވި އެމީހުން ދުއްވި ސައިކަލު އެތަނަށް ދޫކޮށްލާފައި ކަމަށެވެ. އަދި އެ ސައިކަލު މިހާރު ޓޯ ކޮށްފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ އެމީހުން ދެނެގަނެ، ހޯދުމުގެ މަސައްކަތްކުރަމުންދާ ކަމަށާއި އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށެވެ.

The post މާރާމާރީ ހިންގަން އުޅުނު ބަޔަކު ހުއްޓުވައި އެކަކު ހައްޔަރުކޮށް, ފިލި މީހުން ހޯދަނީ appeared first on Furathama.



More from Furathama