ބުރިޖު މަތިން ދުއްވާފައި ދިޔަ ކާރެއްގައި ރޯވެއްޖެ

Sat, 03 Jun 2023 06:15 PM

View on this article on Furathama

ބުރިޖު މަތިން ދުއްވާފައި ދިޔަ ކާރެއްގައި ރޯވެއްޖެ

ސިނަމާލެ ބުރިޖު މަތިން ދުއްވާފައި ދިޔަ ކާރެއްގައި ރޯވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ބުރިޖު މަތިން ދުއްވާފައި ދިޔަ ކާރެއްގައި އަލިފާން ރޯވެގެން ފުލުހުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

އެ ހާދިސާގައި މީހަކަށް އަނިޔާވި ކަމެއް އަދި ކާރަށް ލިބިފައިވާ ގެއްލުމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އަދި އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.

ސިނަމާލެ ބުރިޖުގައި ހާދިސާތައް ހިނގުމުން މި ފަހުން އާންމުކޮށް ފެންނަ މަންޒަރަކީ ޓްރެފިކަށް ބާރު ބޮޑުވާ މަންޒަރެވެ. މާލެ ސަރަހައްދުގައި ދިރިއުޅޭ އާބާދީގެ ބޮޑުބައެއް ހުޅުމާލޭގަައި ދިރިއުޅެމުންދާތީ ހުޅުމާލެ އާއި މާާލެއާ ދޭތެރޭ ޓްރެފިކް ހަރަކާތްތައް ގިނައެވެ.

The post ބުރިޖު މަތިން ދުއްވާފައި ދިޔަ ކާރެއްގައި ރޯވެއްޖެ appeared first on Furathama.



More from Furathama