ނައީމާ މަރާލަން ބޭނުންކުރި ތޫނު 2 ހަތިޔާރު ހޯދައިފި

Sat, 27 May 2023 01:12 AM

View on this article on Furathama

ނައީމާ މަރާލަން ބޭނުންކުރި ތޫނު 2 ހަތިޔާރު ހޯދައިފި

މިއަހަރުގެ އޭޕްރީލް މަހުގެ 7 ވަނަ ދުވަހު ނ.މަނަދޫގައި މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާ މަރާލުމަށް ބޭނުންކުރިކަމަށް ބެލެވޭ ތޫނު 2 ހަތިޔާރު ހޯދައިފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނައީމާ މޫސާ މަރާލުމަށް ބޭނުންކުރިކަމަށް ބެލެވޭ ތޫނު 2 ހަތިޔާރު ހޯދާފައިވާކަމަށެވެ. އަދި ހަމަލާދިން ވަގުތު އެކަމުގައި ބައިވެރިވި މީހުން ލައިގެންތިބި އަންނައުނު، ވަޅުގަނޑެއް ކޮނެ އެތަކެތި އަޅައި، އަންދާލުމަށްފަހު ފަސްއަޅާ ފޮރުވާފައިވާތަން ކޮނެ އެތަކެތި ނަގާފައިވާކަމަށެވެ.

ސީޕީ ޙަމީދު މިރޭ ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނައީމާ މޫސާ މަރާލި މައްސަލައިގެ ތަހްޤީޤަށް ބޮޑެތި ކުރިއެރުންތަކެއް ދަނީ ލިބެމުންކަމަށެވެ. އެގޮތުން މިމައްސަލާގައި ތުހުމަތުކުރެވޭ ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު އެބަތިބިކަމަށް ވިދާޅުވެފައިވެއެވެ.

ނައީމާގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރީ 20 އަހަރުގެ މީހަކާއި 25 އަހަރުގެ މީހެއް ކަމަށް މަޢުލޫމާތު ލިބެއެވެ

The post ނައީމާ މަރާލަން ބޭނުންކުރި ތޫނު 2 ހަތިޔާރު ހޯދައިފި appeared first on Furathama.


More from Furathama