ދިއްލީގައި ދިވެހި ދަރިވަރެއްގެ ފޯނު ފޭރިގަނެއްޖެ

Fri, 26 May 2023 02:21 PM

View on this article on Furathama

ދިއްލީގައި ދިވެހި ދަރިވަރެއްގެ ފޯނު ފޭރިގަނެއްޖެ

ދިވެހި އަންހެން ދަރިވަރެއްގެ ފޯނު އިންޑިއާގެ ދިއްލީގައި ފޭރިގަނެފިއެވެ.

ސެއިންޓް ސްޓެފަންސް ކޮލެޖުގެ ދަރިވަރެއް ކަމަށްވާ ހައްވާ ސިންމާ ފޯނު ފޭރިގަނެފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެރޭ އުތުރު ދިއްލީގެ ކަޝްމީރު ގޭޓްކައިރިން ސައިކަލެއްގައި އައި ދެ މީހެކެވެ.

ފުލުހުން ބުނި ގޮތުގައި އަންގާރަ ދުވަހުގެ ރޭ 10.45 ހާއިރު ކަޝްމީރު ގޭޓްގެ ހަނޫމާން މަންދީރު ކައިރީގައި އޮޓޯރިކްޝާއެއްގައި ސިންމާ އިންދައި ފަހަތުން އައި ސައިކަލެއްގައި ތިބި ދެ މީހަކު އައިސް ފޯނު ފޭރިގަނެ އެ މީހުން ވަނީ އެތަނުން ފިލައިގެން ގޮސްފައެވެ.

އައިޕީސީގެ 356 ވަނަ މާއްދާއާއި، 379 އަދި 34 މާއްދާގެ ދަށުން ވަނީ މައްސަލައެއް ރަޖިސްޓްރީކޮށްފައެވެ.

The post ދިއްލީގައި ދިވެހި ދަރިވަރެއްގެ ފޯނު ފޭރިގަނެއްޖެ appeared first on Furathama.


More from Furathama