މައިންބަފައިން ހުއްޓުވި ކައިވެނި 60 އަހަރު ފަހުން ކޮށްފި

Wed, 22 Mar 2023 09:53 PM

View on this article on Furathama

މައިންބަފައިން ހުއްޓުވި ކައިވެނި 60 އަހަރު ފަހުން ކޮށްފި

މައިންބަފައިން ނުރުހުން ވުމުގެ ސަބަބުން ނުކުރެވުނު ކައިވެނި 60 އަހަރު ފަހުން ކޮށްފިއެވެ.

މީގެ ގާތްގަނޑަކަށް 60 އަހަރު ކުރިން ވަކިވި އިނގިރޭސިވިލާތުގެ ފުރާވަރުގެ ދެ ލޯބިވެރިން އަލުން ގުޅި، މިވަނީ ކައިވެނިކޮށްފައެވެ.

ދަ މެޓްރޯ ނިއުސް އިން ބުނާ ގޮތުގައި ލެން އޮލްބްރައިޓަން (79އ) އާއި، ޖެނެޓް ސްޓީއަރ (78) ގެ ކުރީގެ ކައިވެނިތައް މާ އުފާވެރި ނޫންނަމަވެސް މި އާ ކައިވެންޏާއެކު މިހާރު އެ ދެމީހުންވެސް ތިބީ ވަރަށް ހިތް ހަމަޖެހިފައެވެ. މި ދެ މީހުން އެންމެ ފުރަތަމަ ބައްދަލުވީ 1963 ވަނަ އަހަރުއެވެ. އެއިރު އުމުރުން 19 އަހަރުގެ ލެން އާއި، 18 އަހަރުގެ ޖެނެޓް ދިމާވަނީ އައިލެންޑް އޮފް ވައިޓްގެ ނިއުޕޯޓްގެ ސެއިންޓް މެރީ ހޮސްޕިޓަލްގައި ސްޓޫޑެންޓް ނަރުހުންގެ ގޮތުގައި މަސައްކަތް ކުރަމުން ދަނިކޮށެވެ. ފުރަތަމަ ފެނިލުމުންވެސް ދެ މީހުންގެ މެދުގައި ލބި އުފެދުނެވެ.

ފުރަތަމަ ބައްދަލުވިތާ ދެތިން މަސް ފަހުން ކައިވެނި ކުރަން ނިންމި ނަމަވެސް އެވަގުތު އެ އަންހެން ކުއްޖާގެ މައިންބަފައިން ވަނީ ކައިވެންޏާ ދެކޮޅު ހަދައި، އެގުޅުން ނިމުމަކަށް ގެނެސްފައެވެ. އޭރު ޖެނެޓްގެ އުމުރަކީ ގާނޫނީ ގޮތުން އޭރު ކައިވެނިކުރެވޭ އެންމެ ހަގު އުމުރުކަމަށްވާ 21 އަހަރަށްވުރެ 3 އަހަރު ހަގު އުމުރެކެވެ.

ވޭތުވެދިއަ 50 އަހަރު ދުވަހުގެ ތެރޭގައި އެ ދެ މީހުންވެސް ވަނީ އެކި މީހުންނާ ކައިވެނިކޮށް ވަކިން ދިރިއުޅެފައެވެ. އެގޮތުން ލެން އޮސްޓްރޭލިއާ އަންހެނަކާ ކައިވެނިކޮށް، ތިން ކުދިން ލިބި، ވަރިވެ، ސްޓީވަންއޭޖަށް ބަދަލުވެ، ޑިސްޓްރިކްޓް ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރިއެވެ. މީގެ އިތުރުން ޖެނެޓް އައިލް އޮފް ވައިޓްގައި އުޅެ، ނަރުހަކަށް ވުމަށްފަހު ނޭވަލް އޮފިސަރަކާ ކައިވެނިކޮށް ދެ ކުދިން ލިބުނެވެ.

އެންމެ ފަހުން ލެން ނިންމީ ޖެނެޓް ހޯދުމަށެވެ. އަދި އޭނާ އެކަން ކާމިޔާބުވެސް ކުރީއެވެ.



More from Furathama