ސްކޫޓަރެއް ގަތުމުގެ ހުވަފެން ވަކި ފައިސާ ފޮތި އެއްކޮށްގެން ހަގީގަތަކަށް!

Wed, 22 Mar 2023 05:15 PM

View on this article on Furathama

ސްކޫޓަރެއް ގަތުމުގެ ހުވަފެން ވަކި ފައިސާ ފޮތި އެއްކޮށްގެން ހަގީގަތަކަށް!

އިންޑިއާގެ އާސާމް މީހަކު ސްކޫޓަރެއް ގަތުމަށް ދެކެމުން އައި ހުވަފެން، ވަކި ފައިސާ ފޮތިން ފައިސާ ދައްކައިގެން ހަގީގަތަކަށް ހަދައިފިއެވެ. ސްކޫޓަރު ގަތުމަށްޓަކައި މިދިޔަ 5-6 އަހަރު ދުވަހު އޭނާ ރައްކާކުރަމުން ދިޔައީ 1، 2، 5 އަދި 10 ރުފިޔާގެ ފައިސާ ފޮތިތަކެކެވެ.

ގުވާހަޓީގައި ކުޑަ ފިހާރައެއް ހިންގާ ސާއިދުލް ހައްޤު އޭނާގެ ހުވަފެނީ ސްކޫޓަރު ގަތުމަށްޓަކައި އަހަރުތަކެއް ވަންދެން އެއްކުރި ވަކި ރުފިޔާތައް ގޯންޏަކަށް އަޅައިގެން ސްކޫޓީ ގަންނަން ޝޯރޫމަށް ދާ މަންޒަރު ފެންނަ ވީޑިއޯ ވަނީ ވައިރަލްވެފައެވެ.

ނޫސް އެޖެންސީ އޭއެންއައި އިން ހިއްސާކުރި ވީޑިއޯއަކުން ފެންނަ ގޮތުގައި ޝޯރޫމްގެ މުވައްޒަފުންތަކެއް 90،000 ރުފިޔާގެ ފައިސާ ފޮތިތައް ގުނާތަން ފެނެއެވެ.

“އަހަރެން ރައްކާކުރި ފައިސާ ފޮތިތައް ބޭނުންކޮށްގެން ސްކޫޓަރެއް ގަނެވުމުން ވަރަށް އުފާވޭ. ކުޑަ ފިހާރައެއް ހިންގަމުން ސްކޫޓަރެއް ގަތުމަކީ އަހަރެންގެ ހުވަފެނެއް. މީގެ 5-6 އަހަރު ކުރިން ކޮއިން އެއްކުރަން ފެށީ. އެންމެ ފަހުން އަހަރެންގެ ހުވަފެން ހަގީގަތަކަށްވީ. އަހަރެން މިހާރު ވަރަށް އުފާވެއްޖެ” ސާއިދުލް ހައްޤު އޭއެންއައި އަށް ބުންޏެވެ.

ސައިކަލް ޝޯރޫމްގެ ވެރިޔާ މަނީޝް ޕޮޑާރު ބުނިގޮތުގައި، ކަސްޓަމަރަކު އޭނާގެ ރައްކާކޮށްފައިވާ ފައިސާ ފޮތިތަކެއް ހިފައިގެން ސްކޫޓަރެއް ގަންނަން ޝޯރޫމަށް އައިސް ހުރި ވާހަކަ އޭނާގެ މުވައްޒަފެއް ބުނިކަމަށެވެ. އަދި އޭނާ އެކަމާ ވަރަށް އުފާވި ކަމަށެވެ. ކުރިންވެސް އެކަހަލަ ޚާބަރުތައް ނޫހުން ފެނިފައިވާކަމަށްވެސް އޭނާ ބުންޏެވެ.

“އަހަރެން އެދެނީ ސާއިދުލް ހައްޤު ކުރިއަށް އޮތްތަނުގައި ހަތަރު ފުރޮޅުލީ އުޅަނދެއް ގަތުން” ޝޯރޫމްގެ ވެރިޔާ އިތުރަށް ބުންޏެވެ.

ސޯޝަލް މީޑިއާގައި އެ ވީޑިއޯ ވައިރަލްވެފައިވާއިރު، ގިނަ ބަޔަކު އޭނާގެ ވާހަކަ އިން ހިތްވަރު ލިބޭކަމަށް ބުނެފައިވެއެވެ. އަނެއް ބަޔަކު ބުނީ ހުވަފެންތައް ހަގީގަތަކަށް ވެގެންދަނީ ވަރަށް ކެތްތެރިކަމާއެކު މަސައްކަތް ކޮށްގެން ކަމަށެވެ.

The post ސްކޫޓަރެއް ގަތުމުގެ ހުވަފެން ވަކި ފައިސާ ފޮތި އެއްކޮށްގެން ހަގީގަތަކަށް! appeared first on Furathama.



More from Furathama