ހިންދޫ ދީން ބިނާވެފައިވަނީ ދޮގުގެ މައްޗަށް ކަމަށް ބުނުމުން އެކްޓަރ ޗޭތަން ހައްޔަރުކޮށްފި

Tue, 21 Mar 2023 11:13 PM

View on this article on Furathama

ހިންދޫ ދީން ބިނާވެފައިވަނީ ދޮގުގެ މައްޗަށް ކަމަށް ބުނުމުން އެކްޓަރ ޗޭތަން ހައްޔަރުކޮށްފި

ހިންދޫ ދީނަށް ކުޑައިމީސް ވާގޮތަށް ޓްވީޓެއް ކޮށްގެން ކަންނާޑާ އެކްޓަރ ޗޭތަން ކުމާރު ހައްޔަރުކޮށްފިއެވެ.

ޗޭތަން އަހިމްސާގެ ނަމުން މަޝްހޫރު އެކްޓަރ ބެންގަލޫރު ޕޮލިހުން ހައްޔަރުކޮށްފައި މިވަނީ ހިންދޫދީނާ ބެހޭގޮތުން އޭނާ ކުރި ޓްވީޓް ވައިރަލްވެފައިވަނިކޮށެވެ. އޭނާއާ ދެކޮޅަށް ހުށަހެޅި ޝަކުވާގައި ބުނެފައި ވަނީ ހިންދޫ ދީނަކީ ދޮގުގެ މައްޗަށް ބިނާވެފައިވާ ދީނެއް ކަމަށް ބުނެ އޭނާ ކުރި ޓްވީޓަކީ ހިންދޫންގެ ޝުއޫރުތަކަށް ކުޑައިމީސް ވާކަމަށެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ބެންގަލޫރުގައި ހުންނަ ޝެޝަދްރިޕޫރަމް ޕޮލިހުންނެވެ. އޭނާ ޑިސްޓްރިކްޓް ކޯޓަކަށް ހާޒިރުކޮށް 14 ދުވަހަށް ވަނީ ޖަލަށްލައިފައެވެ.

އޭނާގެ މައްޗަށް އުފުލަނީ ދީނަކަށް ނުވަތަ ދީނީ ޢަޤީދާއަކަށް ފުރައްސާރަކޮށް، ދަރަޖަތަކުގެ މެދުގައި ދުޝްމަންކަން އުފެދޭ ގޮތަށް ވާހަކަ ދެއްކުމުގެ ދަޢުވާއެވެ.

މާޗް 20 ވަނަ ދުވަހު އޭނާ ޓްވީޓެއްގައި ވަނީ ހިންދޫ ދީނަކީ ދޮގުތަކުގެ މައްޗަށް ބިނާވެފައިވާ އެއްޗެއް ކަމަށެވެ. އެކްޓަރު ބުނީ ހިންދޫން ބަލިކުރެވޭނީ ހަމައެކަނި ހަގީގަތުން ކަމަށެވެ.

އޭނާ އެ ޓްވީޓް ކުރިތާ ކުޑަ އިރުކޮޅެއްތެރޭގައި، ހިންދޫ ދީނަށް ތާއީދުކުރާ ޖަމިއްޔާތަކުން އޭނާއާ ދެކޮޅަށް ޝަކުވާއެއް ހުށަހަޅައި ޝެޝަދްރިޕޫރަމް ޕޮލިސް ސްޓޭޝަންގައި އެފްއައިއާރު ރަޖިސްޓްރީ ކުރިއެވެ.

މިއީ ޗޭތަން ހައްޔަރުކުރި ފުރަތަމަ ފަހަރެއް ނޫނެވެ. ހިޖާބުގެ މައްސަލައެއް ބަލަމުން ދިޔަ ކަރްނާޓަކާ ހައިކޯޓްގެ ފަނޑިޔާރު ކްރިޝްނާ ޑިކްސިޓް އާ ދެކޮޅަށް ޓްވީޓްއެއް ކޮށްގެން 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުވެސް އޭނާ ހައްޔަރުކޮށްފައިވެއެވެ.

The post ހިންދޫ ދީން ބިނާވެފައިވަނީ ދޮގުގެ މައްޗަށް ކަމަށް ބުނުމުން އެކްޓަރ ޗޭތަން ހައްޔަރުކޮށްފި appeared first on Furathama.



More from Furathama