ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި

Wed, 01 May 2024 12:43 AM

View on this article on Dhuvas.mv

ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.



ރައީސް އޮފީހުން މިރޭ ބުނެފައިވާގޮތުގައި ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެކެވެ.

މިއީ ރައީސްގެ ދެކަނބަލުން މި އަހަރު ސިންގަޕޫރަށް ކުރައްވާ ނުރަސްމީ ދެވަނަ ދަތުރުފުޅެވެ. އެގޮތުން މި އަހަރުގެ މާރިޗް މަހުގެ 21 ވަނަ ދުވަހު ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ވަޑައިގެންނެވިއެވެ.



More from Dhuvas.mv