ހުރިހާ ޚަރަދަކާއެކު ޗެމްޕިއަންސް ލީގު މެޗެއް ބަލާލަން ހަތަރު ދުވަހަށް ލަންޑަނަށް ދެވުމާއެކު ފައިނަލްގައި ކުޅުންތެރިޔަކާއެކު ދަނޑަށް އެރުމުގެ ފުރުސަތު ކުޑަކުއްޖަކަށް ލިބޭ ޕްރޮމޯޝަނެއް

Mon, 29 Apr 2024 04:05 PM

View on this article on Dhuvas.mv

ހުރިހާ ޚަރަދަކާއެކު ޗެމްޕިއަންސް ލީގު މެޗެއް ބަލާލަން ހަތަރު ދުވަހަށް ލަންޑަނަށް ދެވުމާއެކު ފައިނަލްގައި ކުޅުންތެރިޔަކާއެކު ދަނޑަށް އެރުމުގެ ފުރުސަތު ކުޑަކުއްޖަކަށް ލިބޭ ޕްރޮމޯޝަނެއް

ޔޫއެފް ޗެމްޕިއަންސް ލީގު ފައިނަލްގައި ކުޅޭ ޓީމުތަކުގެ ކުޅުންތެރިންނާއެކު “ޕްލޭޔަރ މެސްކޮޓް”ގެ ގޮތުގައި ދަނޑަށް އެރުމުގެ ފުރުސަތު ކުޑަކުއްޖަކަށް ލިބޭ ޕްރޮމޯޝަނެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފަށައިފިއެވެ.



މެއި މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި، ބީއެމްއެލްގެ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ އިތުރުން ޕްރިޕެއިޑް ކާޑުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ކޮށްގެން ބައިވެރިވެވޭނެއެވެ.

ޚާއްޞަ މި ޕްރޮމޯޝަންގައި ގުރުއަތުން ހޮވޭ ފަރާތަކަށް ކުޑަކުއްޖަކާއެކު ލަންޑަނު ދެކޮޅު ޓިކެޓާއި ހުރުމާއި ކެއުން ހިމެނޭހެން ހުރިހާ ހަރަދުތަކެއްގެ އިތުރުން ވެލްކަމް ގިންފްޓް ލިބިގެންދާނެއެވެ. އެކުގައި ދަތުރުކުރާ ކުޑަކުއްޖާއަށް ފައިނަލް މެޗު ފަށަން ދަނޑަށް އަރާ ކުޅުންތެރިންނާއެކު “ޕްލޭޔަރ މެސްކޮޓް” ގެ ގޮތުގައި ދަނޑަށް އެރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މާސްޓަކާޑާއި ގުޅިގެން ބީއެމްއެލްއިން ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި “ޕްލޭޔަރ މެސްކޮޓް” އެކްސްޕީރިއަންސްގެ ދަށުން ޔޫއެފް ފައިނަލް މެޗު ބަލައިލެވި ބައިނަލްއަގްވާމީ މޮޅެތި ކުޅުންތެރިންނާއެކު ދަނޑަށް އެރުމުގެ ފުރުސަތު ކުޑަކުއްޖަކަށް ލިބިގެންދެއެވެ.

ބީއެމްއެލްއަކީ ރާއްޖޭގައި މާސްޓާކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ. މާސްޓާކާޑަކީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސަރެވެ. ބީއެމްއެލްއިން އަންނަނީ ރާއްޖޭގައި މާސްޓާކާޑުގެ ޑެބިޓް ކާޑާއި ކްރެޑިޓް ކާޑާއި އަދި ޕްރީޕެއިޑް ކާޑުގެ ޚިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދެމުންނެވެ.



More from Dhuvas.mv