ރައީސް މުއިއްޒުގެ ސިޔާސީ ރޯލް މޮޑަލަކީ އަބްދުއްރަހީމޭ ދެންނެވީމަ ދެން ދަންނަވާނެ އެއްޗެއް ނެތް: ރައީސް ޔާމީން

Thu, 18 Apr 2024 08:23 PM

View on this article on Dhuvas.mv

ރައީސް މުއިއްޒުގެ ސިޔާސީ ރޯލް މޮޑަލަކީ އަބްދުއްރަހީމޭ ދެންނެވީމަ ދެން ދަންނަވާނެ އެއްޗެއް ނެތް: ރައީސް ޔާމީން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސީ ރޯލް މޮޑެލް އަކީ އަބްދުއްރަހީމް ކަމުގައި ވިދާޅުވި ހިސާބުން ދެން ދަންނަވާނެ އެއްޗެއް ނެތްކަމުގައި ކުރީގެ ރައީސް، ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.



ރައީސް ޔާމީން މިހެން ވިދާޅުވީ ހުކުމްތަކުން މިނިވަންވެވަޑައިގެންނެވުމުން ކޯޓު ބޭރުގައި ނޫސްވެރިން ކުރެއްވި ބައެއް ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ ރައީސް މުއިއްޒުއަށް ގުޅުއްވަން، ގުޅެން ވަރަށް މަސައްކަތް ކުރެއްވިކަމަށާއި އެހެންނަމަވެސް ދިއްކޮށްލި އަތުގައި ރައީސް މުއިއްޒު ނުހިފި ކަމަށެވެ. އާރާ ބާރާ ލިބުނީމާ ދެންވާނެގޮތަކާއިމެދުވެސް ސުވާލު އުފައްދާލުން ރަނގަޅު ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އަސާސެއް ނެތި ރައީސް މުއިއްޒު އަޒުލުކުރަން ތާއީދު ނުކުރައްވާކަމަށާއި އެހެންނަމަވެސް ގަބޫލު ކުރަންދަތި، ޕީޕީއެމްގެ ސްޓޭންޑްސްތަކާއި އުސޫލުތަކާއި ދެކޮޅު ކަންތައްތަކެއް މިހާރު ހިނގަމުން އަންނަކަން ފާހަގަކުރެއްވޭ ކަމަށެވެ.

އެގޮތުން އެއްކަމެއްގެ ގޮތުގައި ރައީސް ޔާމީން ފާހަގަކުރެއްވީ އިންޑިއާ އައުޓްގެ ކަންތައްތަކެވެ. ރައީސް ޔާމީން ވިދާޅުވީ އިންޑިއާ އައުޓާ ދެކޮޅު ގަރާރު މި ވެރިކަމުގައި ބާތިލު ނުކުރުމަކީ އެކަމުގެ ސާފު ހެއްކެއް ކަމަށެވެ. އަދި ގޭގައި ކުރިން ދެމި އިންޑިއާ އައުޓް ބެނާ ހޯދުމަށް ފުލުސް އޮފީހަށް ހުށަހަޅާނެ ކަމަށާއި ހަމަ ލިބުމާއެކު އެ ބެނާ ދަމާ، އިންޑިއާ އައުޓް ކެމްޕޭނު ފައްޓަވާނެ ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

އިތުރަށް ރައީސް ޔާމީން ވިދާޅުވީ މަޖިލިސް އިންތިހާބުގެ ކެމްޕޭނު ކުރުމަށް ބާކީ ގާތްގަނޑަކަށް 48 ގަޑިއިރަށް ވެފައިވާއިރު، ކެމްޕޭނަށް އާބާދީ ބޮޑު ސަރަހައްދަކަށް ވަޑައިގަންނަވާނެ ކަމަށެވެ. އެހެންނަމަވެސް އަދި އެއީ ސަޕްރައިޒެއް ކަމުގައި ވިދާޅުވިއެވެ.



More from Dhuvas.mv