ހަފްތާ ބަންދުގައި އުތުރަށް މޫސުން ރަނގަޅު ދެކުނަށް ވިއްސާރަ

Thu, 18 Apr 2024 05:44 PM

View on this article on Dhuvas.mv

ހަފްތާ ބަންދުގައި އުތުރަށް މޫސުން ރަނގަޅު ދެކުނަށް ވިއްސާރަ

ހަފްތާ ބަންދުގެ މޫސުމަށް ބަލައިލާއިރު މި ހަފްތާ ބަންދުގައި އުތުރަށް މޫސުން ރަނގަޅު ނަމަވެސް ދެކުނަށް ވިއްސާރަކަމުގައި މެޓުން ބުނެފިއެވެ.



އެގޮތުން، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނެފައިވަނީ ހުކުރު އަދި ހޮނިހިރު ދުވަހުގައިވެސް އުތުރުގެ އަތޮޅުތަކަށް މޫސުން ރަނގަޅުވާނެ ކަމަށެވެ.

ހަފްތާ ބަންދުގައި މެދުރާއްޖޭގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެކަމަށް މެޓުން ބުނެފައިވާއިރު އިތުރަށް ބުނެފައިވަނީ ހުކުރު ދުވަހު ދެކުނުގެ ބައެއް އަތޮޅުތަކަށް ވިއްސާރަ ކުރާނެކަމަށާއި ހޮނިހިރު ދުވަހު ދެކުނުގެ ހުރިހާ އަތޮޅަކަށްވެސް ވިއްސާރަ ކުރާނެކަމަށެވެ.



More from Dhuvas.mv