މޭޔަރު ކަމަށް އަދި ފޯމު ހުށަހެޅީ އެންމެ ފަރާތަކުން، ފުރުސަތު އަންނަ ބުދަ ދުވަހު ހަމަވާނެ

Sat, 09 Dec 2023 09:03 PM

View on this article on Dhuvas.mv

މޭޔަރު ކަމަށް އަދި ފޯމު ހުށަހެޅީ އެންމެ ފަރާތަކުން، ފުރުސަތު އަންނަ ބުދަ ދުވަހު ހަމަވާނެ

މާލޭ ސިޓީ މޭޔަރުގެ މަޤާމަށް ކެނޑިޑޭޓަކު އިންތިޚާބުކުރުމަށް ބާއްވާ ބައި އިލެކްޝަންގެ މުއްދަތު އަންނަ ބުދަ ދުވަހުގެ ރަސްމީ ގަޑީގެ ނިޔަލަށް ހަމަވާނެއެވެ.

މިއަދު އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާގޮތުގައި ކެނޑިޑަސީ ފޯމު އަދި ހުށަހެޅީ އެންމެ ފަރާތަކުންނެވެ. އެއީ އަމިއްލަ ގޮތުން ކުރިމަތިލައްވާ ފަރާތެއްކަމުގައިވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ. އެހެންނަމަވެސް އެ ކެނޑިޑޭޓްގެ ވަނަވަރު އަދި ހާމަކޮށްފައެއް ނުވެއެވެ.

މޭޔަރު ކަމުގެ މަޤާމަށް ވާދަކުރާކަން ރަސްމީކޮށް މިހާތަނަށް ތިން ޕާޓީއަކުން ވަނީ އިއުލާނުކޮށްފައެވެ. އެއީ އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް އާއި ޕީޕީއެމް/ޕީއެންސީ ކޯލީޝަން އެވެ.

މީގެ އިތުރުން ކުރީގެ ސީޕީ ހުސެއިން ވަހީދުވެސް އަންނަނީ ކެމްޕޭނު ކުރައްވަމުންނެވެ. ސީޕީ ހުސެއިން ކެމްޕޭނު ކުރައްވަމުން ގެންދަވަނީ ރައީސް ޔާމީން އަލަށް އުފައްދަވަން މަސައްކަތްކުރައްވާ ޕާޓީ ކަމުގައިވާ މޯލްޑިވްސް ނޭޝަނަލް ފްރަންޓްގެ ނަމުގައެވެ.

އެމްޑީޕީން ނެރޭ ކެނޑިޑޭޓަކީ އެމްޑީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމެވެ. ދަ ޑިމޮކްރެޓްސް އިން ނެރޭ ކެނޑިޑޭޓަކީ މާލޭ ސިޓީ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހެވެ. ޕީޕީއެމް ޕީއެންސީ ކޯލީޝަނުން ނެރޭ ކެނޑިޑޭޓަކީ ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރެވެ.

މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖަނަވަރީ މަހުގެ 13 ވަނަ ދުވަހުގައެވެ.



More from Dhuvas.mv