ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގޭގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އަލްއުސްތާޛާ ފާޠިމަތު ޝަމްނާޒް ޢަލީ ސަލީމް އައްޔަން ކުރައްވައިފިއެވެ.
އަލްއުސްތާޛާ ފާޠިމަތު ޝަމްނާޒް ޢަލީ ސަލީމް އެ މަގާމަށް އައްޔަނުކޮށްފައިވަނީ ސަރުކާރުގެ ބައެއް މަގާމުތަކަށް ބޭފުޅުން އައްޔަންކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ.
އަލްއުސްތާޛާ ފާޠިމަތު ޝަމްނާޒް ޢަލީ ސަލީމް އެންމެ ފަހުން އަދާކުރެއްވީ މާލޭ ސިޓީ ކައުންސިލްގެ މެންބަރު ކަމުގެ މަގާމެވެ.