އެޕަލް ސްޓޯރުން އައިފޯން 15، ވޮޗް ސީރީޒް 9 ން ޑިސްކައުންޓް ދޭން ނިންމައިފި

Tue, 19 Sep 2023 10:54 PM

View on this article on Dhuvas.mv

އެޕަލް ސްޓޯރުން އައިފޯން 15، ވޮޗް ސީރީޒް 9 ން ޑިސްކައުންޓް ދޭން ނިންމައިފި

އެޕަލްއިން މިދިޔަހަފްތާގައި ނެރުނު އެންމެފަހުގެ އުފެއްދުންތައް ކަމުގައިވާ އައިފޯން 15 ސީރީޒް އަދި ވޮޗް ސީރީޒް 9 ގަތުމުގައި އެޕަލް އިން ހާއްސަ އޮފާތަކެއް ދޭން ނިންމައިފި އެވެ.

އެޕަލް އިން އަލަށް އިއުލާނުކުރި އައިފޯން 15 ސީރީޒްގެ ސްމާޓްފޯނާއި ވޮޗް ސީރީޒް 9 އަދި ވޮޗް އަލްޓްރާ 2، ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުން ފެށިގެން އިންޑިއާގައި ވިއްކަން ފަށާނެ އެވެ. ރަސްމީކޮށް ވިއްކުމުގެ ކުރިން އެޕަލް އިން ވަނީ އެޕަލްގެ އޮންލައިން ސްޓޯރާއި އެ ގައުމުގެ ރަސްމީ ރީޓެއިލް ސްޓޯރުތައް ކަމަށްވާ އެޕަލް ބީކޭސީ އަދި އެޕަލް ސާކެޓް މެދުވެރިކޮށް މި ޑިވައިސްތަކުގެ އަގު ވަރަށް ބޮޑަށް ހެޔޮކުރާނެ އާ އޮފާތަކެއް އިއުލާނުކޮށްފަ އެވެ.

މި އޮފާތަކުގެ ދަށުން އެޕަލް އިން އަންނަނީ އައިފޯން 15 ސީރީޒްގެ ސްމާޓްފޯންތައް ގަތުމުން 6،000 ރުޕީސް އާ ހަމައަށް އިންސްޓަންޓް ޑިސްކައުންޓާއި އާ އެޕަލް ވޮޗް މޮޑެލްތައް ގަތުމުން 3،000 ރުޕީސް އާ ހަމައަށް ޑިސްކައުންޓް އޮފާއެއްދޭން ތައްޔާރުވަމުންނެވެ.

އައިފޯން 15 ޕްރޯ، އައިފޯން 15 ޕްރޯ މެކްސްގެ ޓޮޕް އޮފާތައް

ވަކި އޮފާތަކަށް ބަލާއިރު، އައިފޯން 15 ޕްރޯ އަދި އައިފޯން 15 ޕްރޯ މެކްސް ގަތުމުން 6،000 ރުޕީސްގެ އިންސްޓަންޓް ޑިސްކައުންޓާއި އައިފޯން 15 އަދި އައިފޯން 15 ޕްލަސް ގަތުމުން 5000 ރުޕީސްގެ އިންސްޓަންޓް ޑިސްކައުންޓެއް ދޭނެއެވެ. އެޕަލް އިން އަންނަނީ އެޕަލް ޓްރޭޑް-އިން އޮފާއާއި އެކު ޝަރުތު ހަމަވާ އެޗްޑީއެފްސީ ބޭންކް ކާޑުތައް މެދުވެރިކޮށް ގަންނަ ތަކެތިން ތިން މަސް ނުވަތަ ހަ މަސް ދުވަހުގެ ނޯ ކޮސްޓް އީއެމްއައި އެއް ވެސް ދެމުންނެވެ.

މީގެ އިތުރުން އެޕަލް އިން ވަނީ އެ ކުންފުނީގެ އޮފިޝަލް އޮންލައިން ސްޓޯރާއި ދިއްލީ އާއި މުމްބާއީގައި ހުންނަ އެ ކުންފުނީގެ ރީޓެއިލް ފިހާރަތަކުން ވެސް ކުރީގެ އައިފޯން މޮޑެލްތައް ގަތުމުގެ އޮފާތަކެއް އިއުލާނުކޮށްފަ އެވެ. އެޕަލް އިން ބުނީ އައިފޯން 14 އަދި އައިފޯން 14 ޕްލަސް ގަތުމުން 4،000 ރުޕީސްގެ އިންސްޓަންޓް ޑިސްކައުންޓާއި، އައިފޯން 13 ގަތުމުން 3،000 ރުޕީސްގެ ޑިސްކައުންޓެއް އަދި ޝަރުތު ހަމަވާ އެޗްޑީއެފްސީ ބޭންކް ކާޑު ބޭނުންކޮށްގެން އައިފޯން އެސްއީ ގަތުމުން 2،000 ރުޕީސްގެ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން ލީޑިން ބޭންކްތަކުގެ ކާޑުން ގަންނަ ތަކެތިން އިންސްޓަންޓް ޓްރޭޑް އިން ކްރެޑިޓް ގެ އިތުރުން ނޯ ކޮސްޓް އީއެމްއައި އޮޕްޝަނެއް ވެސް ލިބެ އެވެ.

އެޕަލް ވޮޗް ސީރީޒް 9، އެޕަލް ވޮޗް އަލްޓްރާ 2 ގެ ޓޮޕް އޮފާތައް

އެ ކުންފުނިން އަލަށް ތައާރަފްކުރި ސްމާޓްވޮޗަށް ބަލާއިރު، އެ ކުންފުނިން ބުނީ އެޕަލް ވޮޗް އަލްޓްރާ 2 ގަތުމުން 3،000 ރުޕީސް، އެޕަލް ވޮޗް ސީރީޒް 9 ގަތުމުން 2،500 ރުޕީސް އަދި އެޗް.ޑީ.އެފް.ސީ ބޭންކްގެ އެލިޖިބަލް ކާޑުތަކުން އެޕަލް ވޮޗް އެސްއީއަށް 1،500ރ. އަދި ގަންނަ ފަރާތްތަކަށް ހަ މަސް ދުވަހުގެ ނޯ ކޮސްޓް އީއެމްއައި ވެސް އެ ކުންފުނިން ދޭން ނިންމާފައިވާ ކަމަށެވެ.



More from Dhuvas.mv