އދ.ގެ ސަލާމަތީ މަޖިލީހުގައި އިންޑިއާއަށް ދާއިމީ ގޮނޑިއެއް ދިނުމަށް ވަރުގަދަ މައްސަލައެއް ހުށަހަޅުއްވަމުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު ވިދާޅުވީ، މިކަމުގައި “އިސްލާހަށް” އދ ތައްޔާރުވާން ޖެހޭ ކަމަށެވެ.
އެމީހުން އިޞްލާޙު ނުކޮށްފިނަމަ ވާނީ ކިހިނެއް؟ ރައްޔިތުން ބޭރުން ހައްލު ހޯދާނެ. އަދި މިއީ އދ އިން ވިސްނަން ޖެހޭ މެސެޖެއް،” އިންޑިއަން އިންސްޓިޓިއުޓް އޮފް ސްޕޭސް ސައިންސް އެންޑް ޓެކްނޮލޮޖީ (އައިއައިއެސްޓީ)ގެ ދަރިވަރުންނާއި ފެކަލްޓީތަކާ “ޖީ-20 އެންޑް ވިކާޝިތު ބާރަތު” މި މައުޟޫއަށް ވާހަކަ ދައްކަވަމުން ޑރ ޖައިޝަންކަރު ވިދާޅުވި އެވެ.
ޖައިޝަންކަރު ފާހަގަކުރެއްވި ގޮތުގައި އެފްރިކާގެ 54 ގައުމުގެ ތެރެއިން އެއްވެސް ގައުމަކީ މެމްބަރު ގައުމެއް ނޫނެވެ. ލެޓިން އެމެރިކާގެ ގައުމުތަކުގައި ވެސް އޮތީ އެފަދަ ގޮތެކެވެ. “ދުނިޔޭގައި އެންމެ އާބާދީ ބޮޑު ގައުމެއް ނެތް. ދުނިޔޭގެ ފަސްވަނައަށް އެންމެ ބޮޑު އިޤްތިޞާދު ވެސް ނެތެވެ. ކިހާ ދުވަހެއް ވަންދެން އެކަން ކުރިއަށް ގެންދާނީ؟” އޭނާ ވިދާޅުވި އެވެ.
ޖައިޝަންކަރު ވިދާޅުވީ ނިއު ދިއްލީ ޖީ-20 ސަމިޓުގެ ހަގީގީ ކާމިޔާބީއަކީ ދުނިޔޭގެ އެންމެ މޮޅު 20 ގައުމު އަނެއްކާވެސް “ރަނގަޅު މައްސަލަތަކާ މެދު” ވިސްނާލުން ކަމަށެވެ. ޖީ-20ގެ އަމާޒަކީ ދުނިޔޭގެ ކުރިއެރުމާއި ދުނިޔޭގެ ތަރައްގީ ކުރިއަރުވައި ކުރިއަށް ގެންދާނެ ގޮތްތައް ކަމަށް އޭނާ ވިދާޅުވި އެވެ.
މި ސަމިޓުގެ މައިގަނޑު ނަތީޖާއަކީ އަނެއް 125-130 ގައުމަށް އިޖުތިމާއީ ލަނޑުދަނޑިތައް ހާސިލް ނުކުރެވޭ ކަން ގަދަ 20 ގައުމުން ގަބޫލުކުރުން ކަމަށާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލް ކުރުމުގައި ދުނިޔެ ފަހަތަށް ނުޖެހޭ ނަމަ ތަފާތު ކަމެއް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޓެކްނޮލޮޖީ އާއި އާދަކާދައަކީ އެކަކު އަނެކަކަށް އެއްބާރުލުންދީ އެކުގައި ކުރިއަށް ދާން ޖެހޭ ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އިސްރޯ)ގެ ޗަންދުރަޔާން-3 މިޝަންއާ ބެހޭ ގޮތުން ޔޫނިއަން މިނިސްޓަރު ވިދާޅުވީ ޖީ-20 އަދި ބްރިކްސް ސަމިޓުގައި ހަނދުގެ ސޮފްޓް ލޭންޑިން ކާމިޔާބުވުމުން ވަރަށް ބޮޑަށް ތައުރީފު ކުރާ ކަމަށެވެ.