ޗަބަހާރު ޕޯޓުގެ ކަންކަން ރަނގަޅުކުރުމަށް އިސްލާމިކް އެމިރޭޓްސް އިން މަސައްކަތް ފަށައިފި

Tue, 19 Sep 2023 10:19 PM

View on this article on Dhuvas.mv

ޗަބަހާރު ޕޯޓުގެ ކަންކަން ރަނގަޅުކުރުމަށް އިސްލާމިކް އެމިރޭޓްސް އިން މަސައްކަތް ފަށައިފި

ޗަބަހާރު ޕޯޓުގެ ހަރަކާތްތައް ކުރިއެރުވުމަށް ހަރުދަނާ މަސައްކަތްތަކެއް އިސްލާމިކް އެމިރޭޓްސް އިން މަސައްކަތް ފަށައިފިއެވެ.

އިސްލާމިކް އެމިރޭޓްސްގެ އޮފިޝަލުން ވިދާޅުވީ އީރާނުގެ ޗާބަހާރު ޕޯޓުގެ ހަރަކާތްތައް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތް ތައް އިތުރުކޮށްފައިވަނީ އެގައުމުގެ ވިޔަފާރިވެރިންނަށް ގެއްލުމެއް ނުދިނުމަށާއި އެއްވެސް ޓްރާންސިޓް ރޫޓަކަށް ބަރޯސާ ނުވުމުގެ މަގުސަދުގައި ކަމަށެވެ.

އިސްލާމިކް އެމިރޭޓްސްގެ ތަރުޖަމާނު ޒަބީއުالله މުޖާހިދު ވިދާޅުވީ ޗާބަހާރު ބަނދަރުގެ ކެޕޭސިޓީ އިތުރުވެ އަފްޣާނިސްތާނާ އެކު އެ މަގުގެ ރޭލްވޭ އެކްޓިވޭޓް ކުރުމުން ވިޔަފާރިވެރިންގެ މައްސަލަތައް ވަރަށް ބޮޑަށް ހައްލުވެގެންދާނެ ކަމަށެވެ.

ވިޔަފާރިވެރިންނަށް ލިބޭ ގެއްލުންތަކުން ސަލާމަތްވުމަށް މަސައްކަތް ކުރަމުން މިދަނީ. އަޅުގަނޑުމެންގެ ވިޔަފާރިވެރިން އެއް ޤައުމަކަށް އަދި އެއްމަގަކަށް ބަރޯސާވެގެން ނުވާނެ. ޗަބަހާރު މިހާރު މިހާރު އެހުރީ ހެދިފަ،” އިސްލާމިކް އެމިރޭޓްސްގެ ތަރުޖަމާނު ވިދާޅުވި އެވެ.

“އަޅުގަނޑުމެންގެ ވިސްނުމަކީ އިގްތިސާދީ ފައިދާއާއި ރަނގަޅު އަވަށްޓެރިކަމުގެ މައްޗަށް ބިނާވެފައިވާ ރަނގަޅު، ރަހުމަތްތެރި ގުޅުމެއް،” މިނިސްޓްރީ އޮފް އިންޑަސްޓްރީ އެންޑް ކޮމާސްގެ ތަރުޖަމާނު އަޚުންދު ސަލާމް ޖަވާދު ވިދާޅުވި އެވެ.

ޗެމްބާ އޮފް ކޮމާސް އެންޑް އިންވެސްޓްމަންޓުން ބުނީ ޗާބަހާރު ބަނދަރުގައި ހުރި ގޮންޖެހުންތައް ހައްލުކޮށްގެން އަފްޣާނިސްތާނުގެ ބައިނަލްއަގުވާމީ ވިޔަފާރީގެ އަދި ޓްރާންސިޓް މަރުހަލާ އިތުރަށް ތަރައްގީ ވެގެންދާނެ ކަމަށެވެ.

“ޗާބަހާރު ބަނދަރަކީ ހަމައެކަނި އިންޑިއާގެ މާކެޓާ ހަމައަށް ވާސިލްވެ، އަފްޣާނިސްތާން މަގުން މެދުތެރޭ އޭޝިއާއަށް އިންޑިއާގެ މުދާ ޓްރާންސިޓް ކުރުމަށް ވަރަށް މުހިންމު ބަނދަރެއް. އެކަމަކު ހިތާމައަކީ ވޭތުވެދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި އެތަނުގައި އެކަށީގެންވާ މިންވަރަށް ބަނދަރުގައި ހުންނަން ޖެހޭ ބައެއް ސާމާނު ބަހައްޓާފައެއް ނުވޭ،” ސިޔާސީ އެނަލިސްޓެއް ކަމަށްވާ އަޒްރަކްޝް ހާފިޒީ ވިދާޅުވި އެވެ.

އަފްޣާނިސްތާނުގެ ރޭލްވޭ ޑިޕާޓްމަންޓުގެ އޮފިޝަލުން ވަނީ ޗާބަހާރު-ނިމްރޯޒް ރޭލްވޭ ޕްރޮޖެކްޓް ވީހާވެސް އަވަހަކަށް ނިންމާލެވޭނެ ކަމަށް ވިދާޅުވެފައެވެ.  އަދި މި މަޝްރޫޢަކީ، ވިޔަފާރީގެ ދާއިރާއާއި ޓްރާންސިޓް ކުރިއެރުވުމަށާއި، ކާބުލްއާއި ތެހެރާނާ ދެމެދު ވިޔަފާރީގެ މުދާ އުފުލުމަށް މަގުފަހިކޮށްދިނުމަށް ޓަކައި އެ ޑިޕާޓްމަންޓުން އިސްކަންދޭ މައިގަނޑު އެއް މަޝްރޫޢުކަމުގައި ދެބޭފުޅުން ސިފަކުރެއްވިއެވެ.



More from Dhuvas.mv