ރައީސް ޔާމީނާ ބައްދަލުކުރެވޭތޯ ރައީސް ނަޝީދު އަލުން ސިޓީ ފޮނުއްވައިފި

Tue, 19 Sep 2023 12:09 PM

View on this article on Dhuvas.mv

ކުރީގެ ރައީސް، ރައީސް ޔާމީން އާއި ބައްދަލުކުރެއްވުމުގެ ފުރުސަތަކަށް ރައީސް ނަޝީދު އަނެއްކާވެސް އެދިވަޑައިގެންފައިވާނެކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިއަށްދާ ނިޒާމީ ވޯޓާ ގުޅޭ ބަހުސްގައި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ދެއްކެވި ވާހަކަފުޅު ނިމުމުން ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅެއްގައެވެ.

“އަޅުގަނޑުވާނީ ރައީސް ޔާމީން އާއި ބައްދަލުކުރުމަށް އެދި އިއްޔެ ސިޓީ ފޮނުއްވާފައި، އުންމީދު ކުރައްވަނީ އެ ފުރުސަތު އަދިވެސް ލިބިގެންދާނެ ކަމަށް” ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ރައީސް ޔާމީން މިނިވަން ވުމާއި ގުޅޭ މަޝްވަރާތަކެއް އެ ބައްދަލުކުރެއްވުމުގައި ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

ރައީސް ޔާމީން އާއި ބައްދަލުކުރައްވަން ރައީސް ނަޝީދު މީގެ ކުރިންވެސް އެއް ފަހަރު މަސައްކަތް ކުރައްވާފައިވެއެވެ. އެހެން ނަމަވެސް ރައީސް ޔާމީން ވިދާޅުވެފައިވަނީ ރައީސް ނަޝީދާއި ބައްދަލުކުރައްވަން ބޭނުންފުޅު ނުވާކަމަށެވެ.


More from Dhuvas.mv