ހިތަށް ދަތި ކުރާ ކިތަންމެ ކަމެއް ކުރިޔަސް، ޤާސިމް 2023 ގައި ވާދަކުރައްވާނެ: އިލްހާމް

Thu, 08 Jun 2023 10:39 PM

View on this article on Dhuvas.mv

ހިތަށް ދަތި ކުރާ ކިތަންމެ ކަމެއް ކުރިޔަސް، ޤާސިމް 2023 ގައި ވާދަކުރައްވާނެ: އިލްހާމް

ހިތަށް ދަތި ކުރާ ކިތަންމެ ކަމެއް ކުރިޔަސް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމް ވާދަ ކުރައްވާނެ ކަމަށް ގާސިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.

އިލްހާމް މިހެން މިކަން ހާމަކޮށްފައި ވަނީ ޖޭޕީގެ ރިޔާސީ ޓިކެޓު އެރުވުމަށް މާދަމާރޭ ކާނިވާ ސަރަހައްދުގައި ބާއްވާ ޖަލްސާއަށް ވަމުން އަންނަ ތައްޔާރީތަކާ ބެހޭ ގޮތުން އެ ޕާޓީގެ މައި ޖަގަހަ، މ. ކުނޫޒުގައި ބޭއްވި ޕްރެސް ކޮންފަރެންސް ގައި  ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން އިލްހާމް ވިދާޅުވީ ޖޭޕީގެ ލީޑަރު ޤާސިމް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާތޯ ނުވަތަ ނޫންތޯ ވަރަށް ގިނަ އިން ސުވާލު ކުރަމުން އަންނަ ކަމަށެވެ.

މިގޮތުން ޖޭޕީގެ ރިޔާސީ ޓިކެޓު ހަވާލު ކުރުމަށް ފަހުވެސް އަދި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމް ހުށަހެޅުއްވުމަށް ފަހުވެސް ޤާސިމް އިންތިހާބުގައި ވާދަކުރޭތޯ ސުވާލު ކުރާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އެކަމަކު، ޤާސިމް ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވާނެ އެއްވެސް ހާލަތެއް ނާންނާނެ ކަމަށް އިލްހާމް  ވަނީ ވިދާޅުވެފައެވެ.

ހަމައެހެންމެ ދިރިހުރިކަން ކަށަވަރުވާ ހިނދު، ޤާސިމް 2023 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެ ކަަމަށާއި ދަތި ކުރިޔަސް، އުނދަގޫ ކުރިޔަސް، ޖެއްސުން ކުރިޔަސް، ހިތަށް ދަތި ކުރާ ކިތަންމެ ކަމެއް ކުރިޔަސް، ޤާސިމް 2023 ގައި ވާދަކުރައްވާނެ ކަމަށް އިލްހާމް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ކުޅެންދާ ގަޑީގައި ސައިކަލުން ޖައްސާ ވައްޓާލިޔަސް ވާދަނުކުރައްވާނެ އެއްވެސް ހާލަތެއް ނާންނާނެ ކަމަށާއި ޓިކެޓު އެރުވުމަށް ބާއްވާ ޖަލްސާގައި އެތައް ބޮޑެތި ހަރަދުތަކެއް ކުރަމުން އަންނަ އިރު، އެ ޖަލްސާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރި ވާނީ ވަރަށް ބޮޑު އުންމީދަކާ އެކީގައި ކަމަށް އިލްހާމް ވިދާޅުވެފައި ވެއެވެ.

އެހެންކަމުން ނޫސްވެރިންނާއި ސިޔާސީ ބޭފުޅުން ވެސް ޤާސިމް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ސުވާލު ކުރުން ހުއްޓާލަން އިލްހާމް ވަނީ އެދިލައްވާފައެވެ.



More from Dhuvas.mv