މޯލްޑިވްސް ނޭޝަނަލް ބޮޑީބޯރޑިންގ ލީގް 2023 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

Thu, 08 Jun 2023 12:19 PM

View on this article on Dhuvas.mv

މޯލްޑިވްސް ނޭޝަނަލް ބޮޑީބޯރޑިންގ ލީގް 2023 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

މޯލްޑިވްސް ބޮޑީބޯޑިންގ އެސޯސިއޭޝަން (އެމްބީބީއޭ) އިން އިންތިޒާމްކޮށްގެން ބާއްވާ މޯލްޑިވްސް ނޭޝަނަލް ބޮޑީބޯރޑިންގ ލީގް 2023 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފިއެވެ.

އެމްބީބީއޭ އިން ބުނީ މިއަހަރުގެ ލީގް ބޭއްވުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީ، ފުވައްމުލަކު ސިޓީ އަދި ކ. ތުލުސްދޫގައި ބޭއްވޭ ހަތަރު އިވެންޓެއްގެ މައްޗަށެވެ. މިގޮތުން ‘ބުރުނު ޝިކާރު ބޮޑީބޯޑިންގ ޗެލެންޖް 2023’ ގެ ނަމުގައި ލީގުގެ ފުރަތަމަ އިވެންޓް އޮންނާނީ ޖޫން މަހުގެ 17 އިން 23 އަށް މާލޭގެ ވަރުނުލާ ރާޅުގަނޑުގައި ކަމާއި އަނެއް ތިން އިވެންޓްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފަހުކޮޅުކަމަށް ބުނެއެވެ.

ދިރާގުގެ އެސިސްޓެންޓް މެނޭޖަރ ބްރޭންޑް، ނާޔާ ޝަރީފް ވިދާޅުވީ “މޯލްޑިވްސް ނޭޝަނަލް ބޮޑީބޯރޑިންގ ލީގް 2023 ގެ ޑިޖިޓަލް ޕާޓްނަރަކަށް ވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަދި ރާއްޖޭގައި ވާދަވެރި ކުޅިވަރެއްގެ ގޮތުގައި ބޮޑީބޯޑިންގ ކުރިއަރަމުން ގޮސް، ދިވެހި އެތުލީޓުން މި ކުޅިވަރުގެ ބައިނަލްއަގުވާމީ ފެންވަރުގައި ރޭންކް ކުރެވިފައިވާތަން ފެނުމަކީވެސް އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް.” ކަމަށެވެ.

“ރާއްޖޭގައި ބޮޑީބޯޑިން ކުރިއެރުވުމަށް ދިރާގުން ދެމުން ގެންދާ އެހީތެރިކަމަށް ޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަދި އެކުންފުނީގެ ޑިޖިޓަލް އެހީތެރިކަމާއި ހައި ސްޕީޑް ކަނެކްޓިވިޓީގެ ސަބަބުން ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގެ އިވެންޓްތައް އެކިކަންކޮޅުތަކުގައި ތިބޭ ފަރާތްތަކަށް ގެނެސްދީ ވާދަވެރި ބޮޑީބޯޑިންގ ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ ގާއިމުކުރުމަށް މަގުފަހިވިކަމަށްޓަކައިވެސް އެކުންފުންޏަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން.” އެމް.ބީ.ބީ.އޭގެ ރައީސް، އަބްދުالله އަރީފް ވިދާޅުވިއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށްށެވެ. އަދި ތަފާތު ކޮމިއުނިޓީ އެންގޭޖްމަންޓް ހަރަކާތްތައްވެސް ކުރިއަށް ގެންދޭކަމަށް ފާހަގަކުރެވެއެވެ.



More from Dhuvas.mv