އައިއެމްއެފް އިން ލޯނު ދިނުމަށް އިންކާރު ކުރުމާއެކު ގުޅިގެން ޕާކިސްތާނަށް ގޮންޖެހުންތަކާ ކުރިމަތިވެއްޖެ

Mon, 05 Jun 2023 10:48 AM

View on this article on Dhuvas.mv

އައިއެމްއެފް އިން ލޯނު ދިނުމަށް އިންކާރު ކުރުމާއެކު ގުޅިގެން ޕާކިސްތާނަށް ގޮންޖެހުންތަކާ ކުރިމަތިވެއްޖެ

ކެބިނެޓް މެމްބަރަކު ބުރާސްފަތި ދުވަހު ވިދާޅުވީ އިތުރު ލޯނުތަކުގެ ގޮތުގައި ހަ ބިލިއަން ޑޮލަރު ހޯދުމަށް ޕާކިސްތާނުން އެދުނު ނަމަވެސް، މިކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން އިންކާރުކޮށްފައިވާ ކަމަށާއި އެ އެއްބަސްވުން ސަލާމަތް ކުރަން މަސައްކަތް ކުރުން ނޫން ގޮތެއް ސަރުކާރަށް ނެތް ކަމަށެވެ .

މިނިސްޓަރ އޮފް ސްޓޭޓް ފޯ ފިނޭންސް ޑރ އައިޝާ ޕާޝާ، ނޭޝަނަލް އެސެމްބްލީގެ މާލިއްޔަތާ ބެހޭ ދާއިމީ ކޮމިޓީގެ ތެރޭގައި ދެއްވި ބަޔާނެއްގައި ފާހަގަކުރެއްވި ގޮތުގައި ޕާކިސްތާނުގެ ހަމައެކަނި އިޚްތިޔާރަކީ އައިއެމްއެފްއަށް އެނބުރި ދިއުމެވެ.

އަދި ޕާކިސްތާން މުސްލިމް ލީގުގެ ނަވާޒް (ޕީއެމްއެލް-އެން) ގެ އެމްއެންއޭ ޤައިސަރު ޝެއިޚް ރިޔާސަތު ބަލަހައްޓަވާފައިވާ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިސްހާގު ދާރާ މެދު ދާދި ފަހުން ފާސްކުރި ރައްޔިތުންގެ މަޖިލީހުގެ ގާނޫނަށް ފުރައްސާރަ ކުރުމުގެ ޚިޔާލަށް ވެސް ކޮމިޓީން ވަނީ އަލިއަޅުވާލާފަ އެވެ

ޑރ ޕާޝާ ވިދާޅުވީ ކަރަންޓް އެކައުންޓް ޑެފިސިޓްގެ ތާޒާ ޑޭޓާއަށް ބިނާކޮށް 6 ބިލިއަން ޑޮލަރުގެ އެކްސްޓަރނަލް ފަންޑިންގ ރިކުއަރމަންޓް ދަށްކުރުމަށް އައިއެމްއެފްގައި ޕާކިސްތާނުން އެދުނު ނަމަވެސް ފަންޑުން އެކަމަށް ދެކޮޅު ހެދި ކަމަށެވެ. އަނެއް ތިން ބިލިއަން ޑޮލަރު ހަމަޖައްސަން ޖެހުނީ ސްޓާފް ލެވެލްގެ އެއްބަސްވުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި ނަމަވެސް އައިއެމްއެފް އިން ބުނަމުން ދިޔައީ “ހަ ބިލިއަން ޑޮލަރު ދައްކާލަން” ކަމަށެވެ.

ފިނޭންސް މިނިސްޓަރު ނެރުއްވި ބަޔާނުން ދައްކާ ގޮތުގައި ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖިއެވާއަށް ގުޅުއްވާ މަޝްވަރާތައް ކުރި ނަމަވެސް އައިއެމްއެފްގެ ނިންމުމަށް ބަދަލެއް ގެނެސްފައި ނުވާކަމަށެވެ.



More from Dhuvas.mv