ނައީމާގެ މަރު: ގާތިލުން ބޭނުންކުރި ހަތިޔާރު ހޯދައިފި

Fri, 26 May 2023 09:16 PM

View on this article on Dhuvas.mv

ނައީމާގެ މަރު: ގާތިލުން ބޭނުންކުރި ހަތިޔާރު ހޯދައިފި

ނ. މަނަދޫ ނައީމާގެ މަރުގެ މައްސަލައިގާ ބޮޑެތި ކުރިއެރުންތަކެއް ހޯދައި، ގާތިލުން ކަމަށް ބެލެވޭ މީހުން ބޭނުންކުރި ހަތިޔާރު ހޯދާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

އެގޮތުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ފަހުން ދެއްވި އަދާހަމައެއްގައި ވިދާޅުވީ ނައީމާ މޫސާ މަރާލުމަށް ބޭނުންކުރި ކަމަށްބެލެވޭ ތޫނު ދެ ހަތިޔާރު އަދި ހަމަލާދިންވަގުތު ބައިވެރިވި މީހުން ލައިގެންތިބި އަންނައުނު، ވަޅުގަނޑެއްކޮނެ އެތަކެތި އަޅާ، އަންދާލުމަށްފަހު ފަސް އަޅާ ފޮރުވާފައިވާތަން ކޮނެ އެތަކެތި ނެގިފައިވާކަމަށެވެ.

ނައީމާގެ މަރުގެ މައްސަލައިގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަން މިރޭ އިރާކޮޅު ސީޕީ ހާމަކުރެއްވިއެވެ.

އެގޮތުން ތުހުމަތު ކުރެވޭ ދެމީހަކު ހައްޔަރު ކުރިކަން ސީޕީ ހާމަކުރެއްވިއެވެ.

މަރުގެ މައްސަލަ ތަޙްޤީޤު ކުރުމުގެ ތަޖުތިބާކާރު، އިންސްޕެކްޓަރ މުހައްމަދު ސާމިހް އިސްކޮށް ހުރެ މާލެއިން ދިޔަ ޓީމާއި ނ. އަތޮޅުގެ ފުލުހުން، މިމަރުގެ ހަޤީޤަތް ހޯދާ އިންސާފު ޤާއިމްކުރުމަށް ކުރަމުންދާ ބުރަ މަސައްކަތް ފަޚްރުވެރިކަމާއެކު ފާހަގަކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

އުމުރުން62 ދެއަހަރުގެ ނައީމާ މަރާލާފައި އޮތ ހަށިގަނޑުގެ 20 އަށްވުރެ ގިނަ ތަންތަނަށް ވަޅި ހަރާފައި ކަމަށްވެ އެވެ. އަދި ނައީމާ މަރުވެގެން ވެއްޓިފައި އޮތް ކޮޓަރި ތެރޭގައިވެސް ގިނަ އަދަދެއްގެ ލޭ ހުރި ކަމަށް މަންޒަރު ދުށް މީހުން މީގެ ކުރިން މީޑިއާގައި ބުނެފައިވެ އެވެ.

ނައީމާ އަކީ ކައުންސިލް ވަޒީފާއެއްގައި މަގު ކުނިކަހާ މީހެކެވެ.



More from Dhuvas.mv