ނ. މަނަދޫ ނައީމާ މޫސާގެ މަރުގެ މައްސަލައިގަ ދެމީހަކު ހައްޔަރު ކޮށްފި އެވެ.
ނައީމާ މަރާލާފައި އޮއްވަ ފެނުނީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހުގެ އިރު އޮއްސެނިކޮށެވެ. އޭނާ މަރާލާފައި އޮއްވަ ފެނުނީ ހަބަރެއް ނުވެގެން ހޯދާތާ ދެ ދުވަސް ފަހުން އޭނާ ދިރިއުޅޭ ގޭތެރޭގައި އޮއްވަ އެވެ.
ކޮމީޝަނާ އޮޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނައީމާ މަރާލި މައްސަލައިގެ ތަހްޤީޤަށް ބޮޑެތި ކުރިއެރުންތަކެއް ދަނީ ލިބެމުން ކަމަށެވެ. ނައީމާ މަރާލި ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު ހައްޔަރުކޮށް، މައްސަލައިގެ ތަޙްޤީޤަށް މުހިންމު ހެކިތަކެއް ހުރިކަމަށް ބެލެވޭ ތަނެއް ފުލުހުން ބަލާ ފާސްކުރަމުން އެބާދ ކަމަށެވެ.
މަރުގެ މައްސަލަ ތަޙްޤީޤު ކުރުމުގެ ތަޖުތިބާކާރު، އިންސްޕެކްޓަރ މުހައްމަދު ސާމިހް އިސްކޮށް ހުރެ މާލެއިން ދިޔަ ޓީމާއި ނ. އަތޮޅުގެ ފުލުހުން، މިމަރުގެ ހަޤީޤަތް ހޯދާ އިންސާފު ޤާއިމްކުރުމަށް ކުރަމުންދާ ބުރަ މަސައްކަތް ފަޚްރުވެރިކަމާއެކު ފާހަގަކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
އުމުރުން62 ދެއަހަރުގެ ނައީމާ މަރާލާފައި އޮތ ހަށިގަނޑުގެ20 އަށްވުރެ ގިނަ ތަންތަނަށް ވަޅި ހަރާފައި ކަމަށްވެ އެވެ. އަދި ނައީމާ މަރުވެގެން ވެއްޓިފައި އޮތް ކޮޓަރި ތެރޭގައިވެސް ގިނަ އަދަދެއްގެ ލޭ ހުރި ކަމަށް މަންޒަރު ދުށް މީހުން މީގެ ކުރިން މީޑިއާގައި ބުނެފައިވެ އެވެ.
ނައީމާ އަކީ ކައުންސިލް ވަޒީފާއެއްގައި މަގު ކުނިކަހާ މީހެކެވެ.