މަކުނުދޫ އަލިފާނުގެ ހާދިސާ: ގުދަނާއި ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް ލިބުނު

Fri, 26 May 2023 12:30 PM

View on this article on Dhuvas.mv

މަކުނުދޫ އަލިފާނުގެ ހާދިސާ: ގުދަނާއި ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް ލިބުނު

ރޭގައި ހދ. މަކުނުދޫގައި ހިނގި އަލިފާނުގެ ހާދިސާގައި މީހަކަށް އަނިޔާއެއް ނުވި ނަމަވެސް އަލިފާން ރޯވި ގޭގެ ގުދަނާއި ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމުގައި އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ އެ ރަށު އަލްފާ ގޭގައި ރޯވި އަލިފާން ނިއްވުމުގައި އެ ރަށު ކައުންސިލާއި ރައްޔިތުންނާއެކު އެ ރަށުގައި ގާއިމްކޮށްފައިހުންނަ ރާޑަރ ސްޓޭޝަނުގައި މަސައްކަތްކުރި ސިފައިން ހަރަކާތްތެރިވި ކަމަށެވެ.

އަލިފާނުގެ މި ހާދިސާ ހިނގާފައިވަނީ ރޭ 08:30 ހާއިރުގައެވެ. އަލިފާން ރޯވީ އެ ގޭގައި ގުދަނެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ ބައެއްގައެވެ. ގުދަނާއި އިންވެގެން އެ ގޭގެ ބަދިގެ ހުންނައިރު މީހުން ދިރިއުޅޭ ބައި ހުންނަނީ ވަކިންނެވެ.



More from Dhuvas.mv