ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތާވަލު ކޮށްފައި އެވެ.
އޭގެ ތެރެއިން އެންމެ ފުރަތަމަ މަޖިލީހަށް ހުށަހެޅީ ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެވެ. ރިފްއަތު އާއި ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅި އިދިކޮޅު ކަނޑު ވިއްކާލުމާއި ދެކޮޅު ކޯލިޝަނުގެ މެމްބަރުންނެވެ.
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދީ އެމްޑީޕީގެ މެމްބަރުންނެވެ. އީވާގެ މައްސަލަ ހުށަހެޅީ50 މެމްބަރުންގެ ސޮޔާއި އެކު އެވެ.
އެ މައްސަލަ މަޖިލީހުން އެޖެންޑާކޮށް، މެމްބަރުންނަށް ނޯޓިސް ފޮނުވާފައިވަނީ ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ ހަފުތާގެ ބުދަ ދުވަހު ކުރިއަށް ގެންދިއުމަށެވެ. ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ މަހުގެ ހަ ވަނަ ދުވަހު ކުރިއަށް ގެންދަން ވެސް ވަނީ ހަމަޖައްސައިފަ އެވެ.
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލް ކުރީ އަންނަ މަހުގެ 11 ވަނަ ދުވަހު އެވެ.
މީގެ ތެރެއިން އީވާ ވަކި ކުރެވޭނީ މަޖިލީހުގެ ދެބައިކުޅަ އެއްބައި މެމްބަރުން ކަމަށްވާ43 މެމްބަރުންގެ ވޯޓުންނެވެ.