ރައީސާއި ގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަ ދައްކާ ނަމަ ފިޔަވަޅު އަޅާނެ: މިއުވާން

Thu, 25 May 2023 06:34 PM

View on this article on Dhuvas.mv

ރައީސާއި ގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަ ދައްކާ ނަމަ ފިޔަވަޅު އަޅާނެ: މިއުވާން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ކުރިން އެނގިވަޑައިގެން ދީފައިވާ ހަމަލާއެއް ކަމަށް ބުނެ ހަޤީގަތާއި ހިލާފު ވާހަކަދައްކާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާނު މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއުވާން މިހެން ވިދާޅުވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް، ރައީސް ނަޝީދަށް ބޮމުގެ ހަމަލާ ދިނީ ރައީސް ޞާލިހަށް ދުރާލާ އެނގިވަޑައިގެން ކަމަށް ވިދާޅުވެ ވާހަކަދައްކަވާފައި ވަނިކޮށެވެ.

އަދި ރައީސް ޞާލިހަކީ ގައުމަށް ހުރި ނުރައްކަލެއް ކަމަށްވެސް ސިފަކޮށްފައި ވެއެވެ.

އެގޮތުން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު މިއަދު ވިދާޅުވީ ރައީސް ނަޝީދަށް ބޮމުގެ ހަމަލާއެއް ދިނީ ސަރުކާރަށް ކުރިން އެނގިގެން ކަމަށް ބުނެ ކުރާ ތުހުމަތަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

މިކަމަށް އިޝާރާތް ކުރައްވާ މިއުވާން ވިދާޅުވީއެއީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ލިބިދޭ އިމްތިޔާޒުގެ ހިމާޔަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ދެކެވުނު އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

މީގެ އިތުރުން ރައީސް ޞާލިހާ ގުޅުވައިގެން ދައްކަވަނީ ހަގީގަތެއް އެކުލެވޭ ވާހަކަތަކެއްނަމަ އެ ވާހަކަތައް ސާބިތުކުރެވޭ ވަރުގެ ޕްލެޓްފޯމެއްގައި އެވާހަކަ ނުދައްކަވަނީ ކީވެގެންތޯވެސް މިއުވާން ވަނީ ސުވާލު އުފައްދަވާފަ އެވެ.



More from Dhuvas.mv