މިއަހަރުގެ “އާތު އަވާ” މިރޭ ފާހަގަ ކުރަނީ

Sat, 25 Mar 2023 08:11 PM

View on this article on Dhuvas.mv

މިއަހަރުގެ “އާތު އަވާ” މިރޭ ފާހަގަ ކުރަނީ

މި އަހަރުގެ “އާތު އަވާ” މިރޭ ފާހަގަކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

މުޅި ދުނިޔޭގައި ވެސް “އާތު އަވާ” ފާހަގަކުރަނީ މާޗް މަހުގެ ފަހު ހޮނިހިރުގަ އެވެ. އެހެންކަމުން ރާއްޖޭގައި އާތު އަވާ ފާހަގަ ކުރަން ހަމަޖެހިފައި ވަނީ މިރޭ 9:30 އިން 10:30 އަށެވެ.

ރާއްޖޭގައި އާތު އަވާ ރާއްޖޭގައި ފާހަގަކުރުމަށް ކޮންމެ އަހަރަކު ވެސް އިސް ނަގަނީ ދިވެހި ސްކައުޓުންނެވެ.

މިގޮތުން މާލޭގައި މި އަހަރުގެ “އާތު އަވާ” ފާހަގަކުރުމަށް ސްކައުޓް އެސޯސިއޭޝަނުން ބާއްވާ ޚާއްސަ ހަރަކާތް އޮންނާނީ ހުޅުމާލޭގެ ޣާޒީ ސްކޫލްގަ އެވެ. އަދި މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ މި ހަރަކާތުގައި މާލޭގެ 16 ސްކޫލަކުން ޕްރީ ކަބުންނާއި، ކަބް ސްކައުޓުންނާއި، ސްކައުޓުންނާއި، ރޯވަ ސްކައުޓުންނާއި އަދި ލީޑަރުން ބައިވެރިވާނެ އެވެ.

އާތު އަވާ ފާހަގަކުރުމަށް ސްކޫލްތަކުގެ ސްކައުޓް ގްރޫޕްތަކާއި ސަރުކާރުގެ ކުންފުނިތަކާއި، ޕްރައިވެޓް ކުންފުނިތަކާއި، އަދި ރިސޯޓްތައް ވެސް ބައިވެރިވެ އެވެ.

އާތް އަވާ އަކީ ކަރަންޓްގެ ހުރިހާ ދިއްލުންތަކެއް ނިއްވާލައިގެން ތިމާވެއްޓަށްޓަކައި ހަކަތަ ބޭނުންކުރާ މިންވަރު މަދުކޮށްގެން ފާހަގަކުރާ ވަގުތުކޮޅެކެވެ.



More from Dhuvas.mv