ތުރުކީއާއި ސޫރިޔާއަށް އެހީވުމަށް އަތޮޅުތެރޭގައި ހަރަކާތްތައް ކުރިއަށް

Thu, 23 Feb 2023 03:11 PM

View on this article on DhiIslam

ތުރުކީއާއި ސޫރިޔާއަށް އެހީވުމަށް އަތޮޅުތެރޭގައި ހަރަކާތްތައް ކުރިއަށް

މިމަހުގެ 6 ވަނަ ދުވަހު ތުރުކީވިލާތާއި ސޫރިޔާގެ ހުޅަނގު އުތުރުގެ ސަރަހައްދުތަކަށް އަތުވި ބާރުގަދަ ބިންހެލުމާއެކު ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި، މަދަނީ ބައެއް ޖަމްޢިއްޔާތަކާއި އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން ގުޅިގެން ފެށި 'އެއް އުއްމަތެކޭ މިއީ' ކެމްޕެއިން މާލެ ސިޓީގެ  އިތުރުން އަތޮޅުތެރޭގެ އެކި ރަށްރަށުގައި ކުރިއަށް އެބަދެއެވެ.

އެގޮތުން އއ.އުކުޅަހުގައި ތުރުކީއާއި ސޫރިޔާއަށް އެހީވުމަށް ހަރަކާތެއް ކުރިއަށް ގެންގޮސްފައިވާއިރު މިހަރަކާތަކީ އުކުޅަސް ހޯޕް ޖަމިއްޔާއާއި ޚިދުމަތް ޖަމިއްޔާ އަދި އެރަށުގެ ސަރުކާރުގެ އެކި މުއައްސަސާތަކުން ގުޅިގެން ކުރިއަށް ގެންދެވުނު ހަރަކާތެކެވެ. މިހަރަކާތަށް ޖުމްލަ 102،276 ރުފިޔާ ލިބިފައިވެއެވެ. އަދި ރ.ހުޅުދުއްފާރާއި ނ.ކެނދިކުޅުދޫގައިވެސް މިކެމްޕެއިންވަނީ ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ރ. ހުޅުދުއްފާރުގައި ހިންގުނު ހަރަކާތްތަކަށް 102،106.46 ރުފިޔާ ލިބިފައިވާއިރު ނ.ކެނދިކުޅުދޫން 43،258.92 ރުފިޔާވަނީ ލިބިފައެވެ. ކެނދިކުޅުދޫގައި ހިންގުނު މިހަރަކާތަކީ ކެނދިކުޅުދޫ ސްކޫލާއި ފުލުހުންގެ ޚިދުމަތުގެ އިތުރުން، ފެނަކަ ކެނދިކުޅުދޫ ބްރާންޗްގެ އިތުރުން ބައެއް ޖަމިއްޔާތަކުން ގުޅިގެން ކުރިއަށް ގެންދެވުނު ހަރަކާތެވެ.

މީގެ އިތުރުން މާލެ އަތޮޅު ގުރައިދޫގައި އެރަށު ކައުންސިލުން ބެހެއްޓި ފަންޑުފޮއްޓަށް 11،000އަށްވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު އަދިވެސް އަތޮޅުތެރޭގެ ގިނަ ރަށްތަކެއްގައި މިހަރަކާތްތައް އަންނަނީ ކުރިއަށް ގެންދަމުންނެވެ.

ތުރުކީއާއި ސޫރިޔާއަށް ކުރިމަތިވި މިކާރިޘާއަކީ ފަހުގެ ތާރީޚުގައި ބިންހެލުމެއްގައި އެންމެ ގިނަ ބަޔަކު މަރުވި ކާރިޘާއެކެވެ. އެގޮތުން މިބިންހެލުމުގެ ކާރިޘާގައި ގާތްގަނޑަކަށް ބައިލައްކައެއްހާ މީހުން މަރުވެފައިވާއިރު ބިންހެލުމަށްފަހު އެޤައުމަށް މިހާތަނަށް 6000 އަށްވުރެ ލޮޅުން އަރާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

The post ތުރުކީއާއި ސޫރިޔާއަށް އެހީވުމަށް އަތޮޅުތެރޭގައި ހަރަކާތްތައް ކުރިއަށް first appeared on Dhiislam.


More from DhiIslam

...