ބުޅާމަސް އަޅައިގެން ކެއްކިކަމަށް ތުހުމަތުވާ މައްސަލަ ބަލަނީ

Mon, 19 Aug 2024 07:59 PM

View on this article on DhiDaily

ބުޅާމަސް އަޅައިގެން ކެއްކިކަމަށް ތުހުމަތުވާ މައްސަލަ ބަލަނީ

ބުޅާމަސް އަޅައިގެން ކާއެއްޗެހި ތައްޔާރުކުރި ބިދޭސީއަކު އިމިގްރޭޝަނަށް ހާޒިރުވާން އަންގައިފި އެވެ.



އެ މައްސަލާގައި އިމިގްރޭޝަނަށް ހާޒިރުވާން އަންގާފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަރަފާތު ހޮސައިން އެވެ.

އޭނާއާ ގުޅޭ ގޮތުން ފެލީން ވެލްފެއާ އޯގަނައިޒޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެއީ ގަވާއިދާ ޚިލާފަށް މާލޭގެ ވަޅޯމަސް މާރުކޭޓުގައި މަސައްކަތް ކުރަމުންދާ މީހެއް ކަމަށާއި އޭނާ އަކީ ބުޅާ ކަތިލައި، އޭގެ މަހުން ކާއެއްޗެހި ތައްޔާރުކޮށް އަދި އޭގެ މަސް ވިއްކާ ކަމަށް ތުހުމަތުކުރެވޭ މީހެއް ކަމަށެވެ.

އިމިގްރޭޝަނުން ވަނީ އަރަފާތު ހޮސައިން އެ އިދާރާއަށް ފަސް ދުވަހުގެ ތެރޭގައި ހާޒިރުވުމަށް އަންގާފަ އެވެ.

އަދި މީނާ އުޅޭ ތަނަކާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، އިމިގްރޭޝަނުގެ ނަންބަރު 9199017 އަށް ގުޅައި ނުވަތަ، [email protected] އަށް މެއިލްކޮށް، އެ މައުލޫމާތެއް ހިއްސާކޮށްދިނުމަށް ވަނީ އެދިފަ އެވެ.



More from DhiDaily