މާލޭ އިމާރާތެއްގެ މަތިން މީހަކު ވެއްޓި މަރުވެއްޖެ

Wed, 14 Aug 2024 07:19 PM

View on this article on DhiDaily

މާލޭ އިމާރާތެއްގެ މަތިން މީހަކު ވެއްޓި މަރުވެއްޖެ

މާލޭގެ ގެއެއްގެ މަތިން މަގުމައްޗަށް މިއަދު މީހަކު ވެއްޓި މަރުވެއްޖެ އެވެ.



ADVERTISEMENT

ފުލުހުން ބުނީ އެ މީހާ ވެއްޓިފައިވަނީ ކަސްޓަމްސް ކައިރީ ހުރި އިމާރާތެއްގެ މަތިން ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އިމާރާތުން ވެއްޓިފައިވަނީ ދިވެހި އަންހެނެކެވެ.

އެމީހާ ނިޔާވި ހާދިސާ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ފުލުހުން ވަނީ އެމީހާ މަރުވުމުން އާއިލާއަށް ލިބިފައިވާ ހިތާމައިގެ މި ދަނޑިވަޅުގައި، އާއިލާގެ އިހުސާސްތަކަށް އިހުތިރާމުކޮށް، މަރުވި މީހާގެ ފޮޓޯ އާއި ހާދިސާގެ މަންޒަރުތައް ސޯޝަލް މީޑިއާގެ ވަސީލަތްތަކަުގައި ދައުރު ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.



More from DhiDaily