ވިއްސާރައާއި ގުޅިގެން މާދަމާ ސަރުކާރު ބަންދު

Tue, 13 Aug 2024 08:59 PM

View on this article on DhiDaily

ވިއްސާރައާއި ގުޅިގެން މާދަމާ ސަރުކާރު ބަންދު

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން، މާދަމާ އަކީ ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފި އެވެ.



ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މާދަމާ ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސް ހަމަޖެއްސެވީ، ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވުމުގެ ސަބަބުން، ކިޔަވާ ކުދީންނާއި ވަޒީފާ އަދާކުރާ ފަރާތްތަކަށްވެސް ދަތުރުފަތުރުކުރުމާ ހިނގާބިނގާވާން ދަތިވުމާއި ގުޅިގެން ދެއްވާ ލުޔެއްގެ ގޮތުގައި ކަމަށެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގާ ގޯތިގެދޮރަށާއި ޢާއިލާތަކަށް ލިބޭ ގެއްލުން ކުޑަކޮށްދިނުމަށާ، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ސަރުކާރުން ޚާއްޞަ އިސްކަމެއްދީގެން ރޭގަނޑާއި ދުވާލު މަސައްކަތްކުރަމުން ގެންދަވާނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ރައީސް މުއިއްޒު ދެއްވާ ކަމަށް ހީނާ ވިދާޅުވި އެވެ.

ރާއްޖެއަށް މިވަގުތު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވަނީ މޫސުމީ އެލާޓްވެސް ނެރެފަ އެވެ. އެގޮތުން އޮޖެންޖް، ޔެލޯ އަދި ވައިޓް އެލާޓްވެސް ވަނީ ނެރެފަ އެވެ.

ބޯކޮށް ވާރޭވެހި ރާއްޖޭގެ ރަށްރަށުގައި ފެން ބޮޑުވުމުގެ ހާދިސާތައް ހިންގަމުންދާއިރު ފެން ހިންދުމުގެ މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ.



More from DhiDaily