ޖައިޝަންކަރު ރާއްޖެއިން ފުރާވަޑައިގެންފި

Sun, 11 Aug 2024 07:19 PM

View on this article on DhiDaily

ޖައިޝަންކަރު ރާއްޖެއިން ފުރާވަޑައިގެންފި

ތިން ދުވަހަށް ކުރެއްވި ރަސްމީ ދަތުރަށް ފަހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރް މިއަދު ރާއްޖެ އިން ފުރާވަޑައިގެންފި އެވެ.



އޭނަ ފުރާވަޑައިގެން ދަތުރުގެ ފަހު މަންޒިލެއްގެ ގޮތުގައި މިއަދު އައްޑު އަށް ވަޑައިގެންނެވުމަށް ހަވީރު އެވެ. އައްޑު އަށް ވަޑައިގެން ޖައިޝަންކަރް ވަނީ އިންޑިއާގެ އެހީގައި އައްޑޫގައި ތިން މަޝްރޫއެއްގެ ނިމުން ފާހަގަކުރައްފައިފަ އެވެ.

އެއީ އައްޑޫގައި ކުރިއަށް ގެންދިޔަ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން ހަންކެޑެ ބްރިޖްގެ މަސައްކަތެވެ.

އައްޑޫގައި މިހާރު ވެސް އިންޑިއާގެ އެހީގައި ބޮޑު ދެ މަޝްރޫއެއްގެ ކުރިއަށް އެބަދެ އެވެ. އެއީ އައްޑޫގެ މަގުތައް ހެދުމާއި ގަން އެއާޕޯޓް ތަރައްގީ ކުރުމެވެ.

ޖެއިޝަންކަރްގެ ދަރުތުގައި ވަނީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން 28 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކޮށް ނިންމައި، އެ މަޝްރޫޢުތައް ވެސް ދިވެހި ސަރުކާރާ ޙަވާލުކޮށްފަ އެވެ.



More from DhiDaily