ފޭސް ދޭއްގައި އާޓިފިޝަލް ބީޗެއް ހަދަނީ

Wed, 24 Jul 2024 01:01 PM

View on this article on DhiDaily

ފޭސް ދޭއްގައި އާޓިފިޝަލް ބީޗެއް ހަދަނީ

ހުޅުމާލޭ ފޭސް ދޭއްގައި އާޓިފިޝަލް ބީޗެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.



ހައުސިން ޑިވެލޮލްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ އެ ބީޗް ހަދަނީ ފޭސ ދޭއްގެ ޓޫރިޒަމް ޒޯން ”އާބަން އައިލް“ ސަރަހައްދުގައި ކަމަށެވެ. އޭގެ މާ ބޮޑު ތަފުސީލެއް ނުދިން ނަމަވެސް އެ ކުންފުނިން ބުނީ ބީޗް ހެދުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ.

އަދި އެކަމާ ގުޅޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އެޗްޑީސީން ހިއްސާކޮށްފައިވެ އެވެ. އަދި އެ މަސައްކަތް ކުރިއަށްދާ ގޮތަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ބައްލަވާފައިވެ އެވެ.

ގިނަ ބަޔަކު އާބާދުވަމުން އަންނަ ހުޅުމާލޭގެ ފޭސް ދޭއްގެ ރައްޔިތުންނަށް ބޭނުންވާ ތަފާތު ވަަސީލަތްތައް އެ ތަނުގައި ގާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.



More from DhiDaily