ރަޖިސްޓްރީނުކޮށް ހުޅުމާލޭގެ މަގުމަތީގައި ހުރި އުޅަނދުތައް ނަގަނީ

Tue, 23 Jul 2024 06:59 PM

View on this article on DhiDaily

ރަޖިސްޓްރީނުކޮށް ހުޅުމާލޭގެ މަގުމަތީގައި ހުރި އުޅަނދުތައް ނަގަނީ

ރަޖިސްޓްރީނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ހުޅުމާލޭގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށައިފި އެވެ.



މިމަސައްކަތް ކުރިއަށް ގެންދަނީ ހުޅުމާލޭ ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުންނެވެ.

ފުލުހުން ބުނީ އިއްޔެ އިން ފެށިގެން ކުރިއަށްދާ މިމަސައްކަތުގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ހަތަރު ފުރޮޅުލީ 10 އުޅަނދު އިއްޔެ ނަގާފައިވާ ކަމަށެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ރަޖިސްޓްރީނުކޮށް ހުޅުމާލޭގެ މަގުތަކުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތައް ނެގުމާއި އުޅަނދު ރަޖިސްޓްރީކޮށްފައިވަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމުގެ މަސައްކަތްކުރާނެ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

ފުލުހުން އިތުރަށް ބުނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް މަގުތަކަކީ އެންމެނަށް އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ކުރަމުންދާ މި މަސައްކަތްތަކުގެ ތެރެއިން، ސައްހަ ނޫން ރަޖިސްޓްރީ ހަދައިގެން ދުއްވާ އުޅަނދުތައް ހޯދައި ފިޔަވަޅު އެޅުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.



More from DhiDaily